ޚަބަރު ސަރުކާރު ސިޔާސީ

ރައީސް މުޢިއްޒުގެ ސަރުކާރަކީ އަމަލީގޮތުން ކަންކަން ތަންފީޒްކޮށްގެން ކުރިއަށްދާ ސަރުކާރަކަށް ވާނެ: ސައީދު

ޙައްވާ އިނާޝާ ، ދެން އޮންލައިން
ރޭގެ ޖަލްސާގައި ސައީދު ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ އަމަލީގޮތުން ކަންކަން ތަންފީޒްކޮށްގެން ކުރިއަށްދާ ސަރުކާރަކަށް ވާނެ ކަމަށް މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްްޓަރު ސައީދު މިހެން ވިދާޅުވީ ރައީސް މުޢިއްޒުގެ އެދިވަޑައިގަތުމަށް އަތޮޅުތެެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. އަތޮޅުގައި ހުންނަވާ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެގޮތުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ސަރުކާރުގެ 14 ހަފްތާގެ ތެރޭގައިވެސް ކުރުމަށް ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި ރައީސް މުޢިއްޒުގެ ސަރުކާރަކީ ކަންނެތް ސަރުކާރަކަށް ނުވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ހަމަ އެހެންމެ ރައީސް މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންނާ ދުރު ސަރުކާރަކަށް ނުވާނެ ކަމަށާއި ޢަމަލީގޮތުން ކަންކަން ތަންފީޒްކޮށްގެން ކުރިއަށްދާ ސަރުކާރަކަށް މި ސަރުކާރު ވާނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒުގެ އެދިވަޑައިގަތުމަށް ސަރުކާރުގެ މިނިސްޓަރުންނާއި އެކި އެކި މުއައްސަސާތަކުގެ ވެރިން އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަންނަނީ ރަށްރަށަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުވައި ރައްޔިތުންނާ ބައްދަލު ކުރަމުންނެވެ.

Ads by Allied Insurance
  1. ވަގުންނޭ

    ފައިލޭރިޔާ ކަންތަކުގައި އަދި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހިފާ ހައްޔަރުކުރުމުގައި މުއިއްޒުގެ ސަރުކާރު ވަނީ ފެއިލްވެފައޭ އެއްކަމެއްވެސް އެމެން ނުކުރެއޭ ކުރާނަމަ މަމެންނަށް ވެސް ފެންނާނެއޭ މަމެން 24 ގަޑިއިރު މިއުޅެނީ މާލޭގެ މަގުމަތީގައި ވިއްޔާ އެއްކަމެއްވެސް ނުކުރޭ ހުސްދޮގު ހަދަނީ މާލެ ތެރެއަށް 500 ސިފައިން ނެރެގެން ކުއްލި ނުރަައްކާ އިއުލާން ކޮށްގެން ނަމަވެސް މާލެ ސަރަހައްދާއި އަދި ރިސޯރޓް ތަކުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކުރާށޭ ފުލުހުންނަށް އެކަން ނުވާނެއޭ