ޕާޓީގެ ވިސްނުމަށްވުރެ ރައްޔިތުން އިސްކުރަން ކެރޭނެތޯ ކެނޑިޑޭޓުންނާ ސުވާލު ކުރުމަށް ރައީސް އެދިވަޑައިގެންފި
ޕާޓީގެ ފިކުރު އެއްފަރާތްކޮށް, ރައްޔިތުންނަށް ހިދުމަތް ކުރުން އިސް ކުރެއްވޭނެތޯ މާލެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސުވާލު ކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ސުވާލުކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރުމަށް އޮތް ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމްޑީޕީން މިހާރު މަސައްކަތް ކުރަމުންދަނީ ނިޒާމް ފުނޑުފުނޑު ކޮށްލުމުގެ ނިޔަތުގައި ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ވެސް ޑިމޮކްރަސީގެ ރީތި މިސާލެއް ފެންނަމުން ނުދާ ކަމަށާއި ރައްޔިތުން އިސް ކުރާ މަންޒަރު ވެސް ފެންނަމުން ނުދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ފެންނަނީ މަޖިލިސް ތެރޭގަ ކަންތައްތައް ހިނގަމުންދާ ގޮތް. އެއްވެސް ވަރަކަށް ޑިމޮކްރަސީގެ ރިތި މިސާލެއް ނުދައްކާ. އެއްގޮތަކަށް ވެސް ރައްޔިތުން އިސް ނުކުރޭ"
މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ވަނީ ބާކީ މިއޮތް ހައެއްކަ ދުވަސް ތެރޭގައި ޕާޓީގެ ފިކުރު އެއްފަރާތްކޮށް, ރައްޔިތުންނަށް ހިދުމަތް ކުރުން އިސް ކުރެއްވޭނެތޯ ޕާޓީގެ ފަރާތުން ކެންޑިޑޭޓުންނާ ސުވާލު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
"ކެރިވަޑައިގަންނަވާނެތޯ ބާކީ މިއޮތް ހައެއްކަ ދުވަސް ތެރޭގައި ރައްޔިތުން ގާތަށް ވަޑައިގެން ދަންނަވަން, ތިމަންނަމެން ޕާޓީ ލައިނުން ކުރިމަތިލައިގެން ތިއްބަސް ޕާޓީ ބުނާ ގޮތެއް ނަހަދާނަމޭ. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އިސް ކުރާނީ ތިމަންނަގެ އަމިއްލަ ޝަހްސިއްޔަތޭ. ޕާޓީއަކާ ތިމަންނައަކާ ގުޅުމެއް ނޯންނާނޭ. އެހެން ބުނަން ކެރޭނެތޯ ކެނޑިޑޭޓުންނާ އެބަޖެހޭ ސުވާލު ކުރަން"
ރައީސް ވިދާޅުވީ އެހެން ދަންނަވަނީ އެ ކެނޑިޑޭޓަކު މަސައްކަތް ކުރާނީ ނުކުރެވި ހުރި, ރައްޔިތުންނަށް ފައިދާވާ ގޮތައް ކުރަން ހުރި ކަންތައްތައް ކުރުމުގައި ސަރުކާރާއި ގުޅިލާމެހިގެން މާލޭގެ ރައްޔިތުން އެދޭ ގޮތަށް ކަންތައްތައް ކޮށްދިނުމަށް ކަމަށްވާތީ ކަމަށެވެ.
ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލެއް މުހިންމު ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރު ފަށާފައިވާ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިޔަށް ގެންދެވޭނީ އާޒިމާ ހޮވައިގެން ކަމަށެވެ.
ސާބިތު ދަރަނި ދައްކަން ޖެހޭ މީހުން ދަރަނި ނުދައްކާ އޮވެމެ އެފަދަ މީހުން ނަށް ރައީސް މީހާ ކެމްޕެއިން ކޮށް ދިނުން އެދެނީ ވަރަށް ނުބައި މެސެޖެއް ރައްޔިތުންނަށް ވެރިކަން ކުރާ ޕާރޓީން ވައްކަން ކުރާ މީހަކު ކުރިމަތިލިނަމަވެސް ރައީސް މީހާއަށް ރަނގަޅޭ ބަލަގަ މާލޭ ދަފްތަރު އުވާލީ މުއިއްޒު މޭޔަރު ކަމުގައި ވަގުތީ ގޮތުން އަދިވެސް އެކަން އިއާދަ ނުކުރޭ ދަފްތަރު މީހުން ވޯޓްދޭން ޖެހަެތޭ ތަމެންދައްކާ މީހަކަށް ދޭން ނުހެހޭނެއޭ ނުޖެހޭނެއޭ ނުޖެހޭނެއޭ
މިހާރުވެސް ވެފައިވާ ވައުދާއި ޚިލާފުވީއޭ ފްލެޓްސް ލިބުނު މީހުން އަތުން ފްލެޓްސް ފޭރެންވެގެންނޭ ތަ ތިޔާ އުޅެނީ ތަ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ ދަރަނިބޯ އަކު މާލޭގެ މޭޔަރު ކަމަށް ލާންވެގެން ގަންނަ ގަނޑެކޭތިޔާއީ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ ދަރަނިބޯ
މާލޭ ދަފްތަރު އުވާލީ އެއީ މުއިއްޒު މޭޔަރު ކަމަށް އައިސް އެއްވެސް ތާކުން ތާކު ނުޖެހޭ ދެއުއިޅި އެއް ނުވާ ކަމެއްގައި ވަގުތީ ގޮތުން ދަފްތަރު ހަމައަކަށް އަޅުވަން ނަމުގައި އެކަމަކު އެއް ކަމެއް ވެސް ނުވި ދެން ދަފްތަރު މީހުން އާޒިމާ އަށް ވޯޓް ދޭން ޖެހޭނެ ކަމަށް މަމެން ނުދެކެމޭ ދަފްތަރު އަލުން ހުޅުވާލާށޭ ހުޅުވާ މީހަކަށް މަމެން ވޯޓްދޭނީދޯ