ޚަބަރު

ގިނަ ބައެއްގެ އެދުމާއި އެއްގޮތަށް ސަރުކާރުން އީ-ވޮލެޓެއް ތައާރަފް ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އޮންލައިން ޕޭމަންޓު ޕްލެޓުފޯރމުތައް މެދުވެރިކޮށް ފައިސާ ލިބިގަތުމުގައި ހުރި ދަތިތައް ހައްލުކުރުމުގެ ގޮތުން އީވޮލެޓުގެ ހިދުމަތް ގާއިމުކުރުމަށްޓަކައި ބެންކް އޮފް މޯލްޑިވްސް އާއިއެކު މަސައްކަތްތައް ފެށުމަށް ނިންމާފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

Ads by STELCO

ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އޮންލައިން ޕޭމަންޓު ޕްލެޓުފޯރމުތަކުގެ ހިދުމަތްތައް ލިބިގަތުމުގައި ހުރި ދަތިތައް ނައްތާލުމުގެ ގޮތުން ސަރުކާރުން ބެންކާއިއެކު އީވޮލެޓް ގާއިމުކުރުމަށް މަޝްވަރާތައް ކުރަމުންދާކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ފެށުމަށް ހަމަޖެހިގެންދާނެކަމަށްވެސް އޭނާ ހިއްސާކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، އީކޮމާސް ޕްލެޓުފޯމެއް ކަމަށްވާ ޕޭޕަލް އަށް އެކްސެސް ހޯދުމަށް އެމެރިކާގެ ސަރުކާރާއިއެކު މަޝްވަރާތައް ކޮށް އެކަމަށާް އެކްސެސް ހޯދުމަކީވެސް ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތެއްކަމަށްވާއިރު ކަމާއި ގުޅުންހުރި އިތުރު ފަރާތްތަކާއިއެކު މަޝްވަރާކޮށް ޕޭޕަލް ފަދަ އެހެން ޕްލެޓުފޯރމްތަކުގެ ހިދުމަތް ލިބޭނެ މަގުފަހިކުރުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، މިކަމާއި ސައިބާރ ސެކިއުރިޓީއާއި ގުޅިފައިވާކަމަށްވުމުން އެކަމަށް ބޭނުންވާ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމަށް ހާއްސަ ބިލެއް ޑްރާފްޓުކޮށް މަޖިލީހަށް ހުށައެޅުމަށްވެސް ނިންމާފައިވާކަަމަށާއި އެ މަސައްކަތްތަކުގައި ވާގިވެރިވުމަށް ތައްޔާރަށް އޮތް ދެ ގައުމުކަމަށްވާ ޔޫއޭއީ އާއި ތުރުކީ އާއި އެކު ކުރިއަށް ގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުންވަނީ ސައިބަރސެކިއުރިޓީ ހިދުމަތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް ކުރުމަށް ނިންމާފައިކަމަށެވެ.

Ads by Allied Insurance
  1. ތަމެންދޯ

    އިންޑިއާ މީހުން އިންޑިއާ ދެކެ ލޯބިވާ ވަރަށް ވުރެން ބޮޑަށް ޕީޕީއެމް މަރުދީގެން ގެނައި ވެރިކަމެއްގައި ޕީޕީއެމްގެ މެމްބަރުން ބޭނުންވާނެ ރާއްޖެދެކެ އެމެން މަރަށް ފުރާނައަށް ގުރުބާންވާނެއޭ އެކަމަކީ އެއީ މުއިއްޒު އަށް ވެސް އަދި ސަރުކާރަށް ވެސް ނުހުއްޓުވޭނެ ކަމެކޭ ދިވެހިންގެ ހިތުން އިންޑިއާ އާއި ލަންކާ އަޑީގައި ތިބެގެން ދިވެހިންގެ އިގްތިސާދު އަޅުވެތި ކުރަން އެމްޑީޕީ އަދި ދަ ޑިމޮކްރެޓުންނާއި ގުޅިގެން އެކަން ކުރާކަން އެއީ ހުރިހާ ދިވެހިން ދަންނަ ބޮޑު ސިއްރެކޭދޯ