ޚަބަރު ސަރުކާރު

ރައީސް މުޢިއްޒަށް ޗައިނާ އިން ރަތްދޫލައިގެ މަރުހަބާއެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ހެނދުނު އެ ގައުމަށް ވަޑައިގަތުމުން ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފިއެވެ.

Ads by MWSC

ރައީސްގެ ދެކަނބަލުން ޗައިނާއަށް ވަޑައިގަތުމުން އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ވަނީ ދެކަނބަލުންނަށް އެއާޕޯޓުން މަރުހަބާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުން ބަދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިޤުތިޞާދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ހިމެނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިޤުތިޞާދީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.މިއީ ރައީސުލްޖުމްހޫރިއްޔާ 2023 ނޮވެމްބަރ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާ ފުރަމާނަ ދަތުރުފުޅެވެ.

Ads by Ooredoo
  1. އައުޓް

    އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް މޯދީ އައުޓް އިންޑިއާ އައުޓް