ޚަބަރު

ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއަކަށް މާލޭގެ ރައްޔިތުން ނުގަނެވޭނެ: ޝާހިދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރޯދަ މަހު ރާއްޖޭގެ ކޮންމެ ގޭބަސީއަކަށް ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ދޭން ސަރުކާރުން ނިންމި ނިންމުމަށް ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ފާޑު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރަން ވަކި ޤައުމަކަށް ކާޑުގެ ބާވަތް ހޯދަން ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ސަރުކާރުން ތުރުކީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަަމަށް މިއަދު ރައީސް ޑރ މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. އަދި ރޯދަ މަހު ކޮންމެ ގެޔަކަށް ހަނޑޫ އަދި ފުށް ބަސްތާއެއް ސަރުކާރުގެ ޚަރަދުގައި ދޭން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޝާހިދު ސިފަ ކުރެއްވީ ރައީސްގެ އެ ނިންމެވުމަކީ ރައްޔިތުން ގަނެލަން ކުރެއްވި ކަމެއް ކަމަށެވެ.

މިއަދު ބޭއްވި މޭޔަރު އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބުކުރެއްވުމުން އެކަމުގެ އުފާ ފާޅުކުރަން ސަލްޓަން ޕާކްގައި މިރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ފުށާއި ހަނޑޫ ބަސްތާއަކީ މާލޭގެ ރައްޔިތުންނަށް ޙައްޤު މިންވަރު ނޫން ކަމަށެވެ.

"ބައްލަވާ ވޯޓުގެ އެންމެ ފަހު ވަގުތު، ނުފޫޒު ފޯރުވުމަށް ޓަކައި ރައީސް މުއިއްޒު ޗައިނާއިން ވަޑައިގެން ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ކޮންމެ ގެއަކަށް އެއްބަސްތާ ހަނޑުލާ އެއް ބަސްތާ ފުށާ ދޭނަމޭ. މާލޭ ރައްޔިތުން ބުނީ ތިމަންނަމެން ހަނޑޫ ބަސްތާއަކަށް ފުށް ބަސްތާއަކަށް ނުގަނެވޭނޭ. ތިމަންނަމެންނަށް ޙައްޤުވާ މިންވަރަކީ އެއީ ނޫނޭ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިއަދުގެ ވޯޓުން ރައްޔިތުން ބުނަނީ ރައީސް ޞާލިޙްގެ ސިޔާސަތުތަކަށް ރައްޔިތުން ރުހޭ ކަމަށާއި ރައީސް މުޢިއްޒުގެ ސިޔާސަތުތަކާ ދެކޮޅު ކަމަށް ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ކުރީ ސަރުކާރުން ދޭން ބުނި ގޯތި ދިނުމަށް ޝާހިދު ގޮވާލެއްވިއެވެ.

"ތިމަންމެންނަށް ޙައްޤުވާ މިންވަރަކީ ރައީސް ޞާލިޙް ދެއްވާފައި އޮތް ގޯއްޗޭ" އަބްދުالله ޝާހިދު ވިދާޅުވިއެވެ.

Ads by Allied Insurance
  1. Wonderful beat I wish to apprentice while you amend your web site how could i subscribe for a blog web site The account aided me a acceptable deal I had been a little bit acquainted of this your broadcast provided bright clear idea

  2. ޢަޒްރާ

    ހަނދާންވޭތަ ކާޕެޓަކަށް ރައްޔިތުން ވިއްކި ހަނދާން ކާޕެޓް ޝާހިދު

  3. ކުރާށޭ

    ޕީޕީއެމް ޕީއެންސީ މާލޭގެ މޭޔަރު އިންތިޚާބުން ބަލިވީ ހަގީގީ ސަބަބަކީ މަސައްކަތް ނުކުރެވުމެއް ނޫނޭ އެއީ ރައްޔިތުން ވޯޓް ދިން ގޮތާއި ޚިލާފަށް އަދުރޭ އިސްވެ ހުރެ ކަންކަން ކުރުމުންނޭ މުއިއްޒު ހޮވޭއިރަށް މުއިއްޒު ބޮލަށް ވަދެގެން އަދުރޭ ދަމައިގަތީ އެއީ ރައީސް ޔާމީނަށް ލިބެން ޖެހޭ ބައި ދެން އަދުރޭ އަށް ފެންނަ މީހަކަށޭ ވަޒީރު ކަމާއި ސަރުކާރުގެ އިސްމަގާތް ތައް ދެނީ މިހާރު މާލެ ތެރޭގައި އަޑުއިވޭ 3 ލައްކަ ރުފިޔާ އަދުރޭ ބުނާ މީހަކަށް ދިނުމުން ސަރުކާރުގެ ބޯރޑް މެމްބަރު ކަންދެއޭ މުއިއްޒު އަވަހަށް މިކަމުގައި ވިސްނާ ރައީސް ޔާމީން މިހަފްތާގައި އަފްެއާމްގެ ދަށުން ދޫކޮށްލާ މާޒީ މާޒީ އަށް ދޫކޮށްލާ ޕީޕީއެމް ޕީއެންސީ އަދި ޕީއެން އެފް އަދި އެމްޑީއޭ ގުޅިގެން އަންނަ މަޖްލީސް އިންތިޚާބުގައި ވާދަ ކުރަންވީއޭ އެނޫން ނަމަ މަޖްލީސް އިންތިޚާބު ޕީޕީއެމް ޕީއެންސީ އަދި ޕީއެންއެފް އަށް ވެސް ނުލިބޭނެއޭ ޖޭޕީ އެއީ ގައްދާރުންނޭ އަލީ އާރިފަށް ނުލިބޭނެއޭ 10 ވޯޓް ވެސް މިވަރުގެ މީހުންނޭ މުއިއްޒު ގާތްކޮށްގެން އުޅެނީ މުއިއްޒުގެ ސަރުކާރު ސިޔާސީ ގޮތުން ވަރަށް ބަލިކައްޓޭ އެކަން މުއިއްޒު ދަނެގެން ރައީސް ޔާމީން ފޮނުވާފައިވާ މެސެޖަށް ޖަވާބުދީ ފުރަތަމަ ވެސް ރައީސް ޔާމީން އަފްއާމްގެ ދަށުން ދޫކޮށްލާ އަވަހަށް ޕީޕީއެމް ޕީއެންސީ އާއި ޕީއެންއެފް ވަކިން މަޖްލީސް އިންތިޚާބަށް ތައްޔާރު ވާންވީއޭ މިކަން އަވަސް ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ

    • އުސްތާޒް

      ތިކަން ކުރެވޭނީ ސިކުޑުން ވިސްނާބަޔަކަށްދޯ، މިމީހުން މިވިސްނަނީ ލަގޮންޑިން.

  4. އެއީ ކޮން އެއްޗެއް ގަންނަންތޯ ކާޕެޓް ޗޯރް ބުނެދީބަލަ. ތިޔަ ފޯރިއަރާ ވޯޓް އޮތީ ލައިނިމިފައޭ. ދެން މިވަޤުތު މާލޭ ރައްޔިތުންގެ ފަރާތުން އެފަދަ ބޭނުމެއް ފުއްދާކަަށް ނެތް. ކަމެއް ކުރަންޏާ ވަޒީރުންނަށް ރުހުންދީބަލަ. ކޮންހާ ލަންބާޗޯޅާ ވާހަކައެއް ތިޔަ ދައްކަނީ.

  5. ކަލޭ ތިހިރީ ކާޕެޓަކަށްވެސް ގައުމު ވިއްކާލާފަ