ޚަބަރު ސިޔާސީ

ވޯޓުން ރައްޔިތުން އެ ދިނީ ވަރަށް ބޮޑު މެސެޖެއް، ސަރުކާރުން ހަދަމުންދާ ދޮގުތައް ދަނީ ހާމަވަމުން: ރައީސް ޞާލިޙް

ރައުފާ ރަޝީދު ، ދެން އޮންލައިން

މޭޔަރު އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމަށް ކާމިޔާބުކޮށްދީ ވޯޓުން ރައްޔިތުން އެ ދިނީ ވަރަށް ބޮޑު މެސެޖެއް ކަމަށާއި ސަރުކާރުން ހަދަމުންދާ ދޮގުތައް ހާމަވަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ މާލޭ މޭޔަރު އިންތިހާބު ކާމިޔާބުކުރުމުގެ އުފާ ފާޅުކުުރަން ސަލްޓަން ޕާކްގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ ވެރިކަމަށް އައިތާ ދެ މަސް ވެސް ނުވަނީސް ރައްޔިތުން ނިކުމެ ސަރުކާރުގެ ސިޔާސަތުތަކާއި މުޅި ސަރުކާރަށް ވެސް ނޫނެކޭ ބުނެފި ކަމަށެވެ. ސަބަބަކީ ވެރިކަމަށް އައުމަށްފަހު ހަދަމުންދާ ދޮގުތައް ހާމަވަމުންދާތީ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

“ވެރިކަމަށް އައިތާ ދެ މަސް ނުވަނީސް، ރައްޔިތުން ނިކުމެ ނޫނެކޭ އެބުނީ، ސިޔާސަތުތަކަށް ނޫނެކޭ ބުނެފި، އެއީ ސަބަބެއް ނެތިއެއް ނޫން. މި ސަރުކާރުން ވެރިކަމަށް އައި ގޮތަށް ދެއްކި ދޮގުތަކާއި އޮޅުވާލުން އަދި ނަފްރަތަށް ހެދި ދޮގު މިއަދު ހާމަވެ އަސްލު ސިފަ ފެންނަން ފަށައިފި”

މިހާރުގެ ސަރުކާރުން ކުރާ ކަންކަން ބަލައި ޤާނޫނީ އިމުގެ ތެރެއިން ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އެމްޑީޕީން ކުރާނެކަމަށާއި އެކަންކަން ކުރިން ވެސް ކޮށްފައިވާ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ކުރިޔަށްއޮތް ތަނުގައި މުޅި ރާއްޖެއިން ވެސް ސަރުކާރަށް ނޫނެކޭ ބުނާނެ ދުވަސް އޮތީ ވަރަށް ކައިރީގައި ކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ މި ސަރުކާރަކީ މަޑުމައިތިރި ކަމާއެކުގައި ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައް ކުރަން ގެނައި ސަރުކާރެއް ކަމަށެވެ.

“އެކަން އެގޮތަށް ނުކުރާ ކަމަށް ވަންޏާ ރައްޔިތުން ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވާނެ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

އިންޔެ ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އާޒިމް އިންތިހާބު ކާމިޔާބުކޮށްފައިވަނީ 7621 ވޯޓުންނެވެ. ޕީއެންސީގެ ކެންޑިޑޭޓް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގަތީ 5،032 ވޯޓެވެ.

Ads by HDC
  1. މުހައްމާ

    ވޯޓުން ރައްޔިތުންދިނީ ކޮންކަހަލަ މެސެޖެއް ކަލޭ އާޒިމަށް އިތުބާރު އެބައޮތްތަ އޭން އެމްއެންޕީއަށް ސޮއިކުރީމަ ދެފައިދަޑިޔަށް ގުއިރެވިފަހުންނަން ޖެހޭނީ