އަދުރޭގެ ސުވާލެއް ރައީސަށް: 8 ފެބްރުއަރީގައި ހުޅުޖެހީ ގައުމަށް ހެޔޮއެދިގެންތޯ؟
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވި ދުވަހުގެ އަނެއް ދުވަހު،8 ފެބްރުވަރީ 2012ގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އެމްޑީޕީން ކުރިއަަށް ގެންދިޔަ މުޒާހަރާ ތަކުގައި އެކި ތަންތަނުގައި ހުޅުޖެހީ ގައުމަށް ހެޔޮ އެދިގެންތޯ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ސުވާލު ކުރައްވައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އަދުރޭ ވަނީ ގިނަ ސުވާލު ތަކެއް ކުރައްވާފައެވެ.ޓްވިޓާގައި މި ސުވާލުތައް އަދުރޭ ކުރައްވާފައިވަނީ ރައީސް ޞާލިހު ޓެގު ވެސް ކޮށްފައެވެ. އެގޮތުން 8 ފެބްރުއަރީގައި ގައުމުގައި ހުޅުޖެހީ އަދި ފަތުރުވެރިން ނާންނަން ގޮވައި ދުނިޔޭގެ ތެރޭގައި ދުވީ ގައުމަށް ހަމަ ހެޔޮ އެދިގެންތޯ އަދުރޭ ސުވާލު ކުރެއްވިއެވެ. އަދި ހަމަ އެހެންމެ ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅީވެސް ގައުމަށް ހެޔޮއެދިގެންތޯ އަދުރޭ ސުވާލުކުރެއްވިއެވެ. އިތުރަށް އަދުރޭ ކުރެއްވި ސުވާލަކީ ދައުލަތުގެ ހަޒާނާ ތިޔަ ދޮވެލީ ގައުމަށް ހެޔޮ އެދިގެންތޯއެވެ.
އަދުރޭ މިހެން ވިދާޅުވެފައި އިދިކޮޅުން އިއްޔެ ބޭއްވި ސައިކަލު ބުރަށް ރައީސް ޞާލިޙް ފާޑުވިދާޅުވުމުންނެވެ. ރައީސް ޞާލިޙް ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާ އޮތް ނަމަވެސް، ސަލާމަތީ ކަންކަމަށް ނުބަލާ، ހެލްތް ޕްރޮޓެކްޝަން އެޖެންސީއެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފަށް ބަޔަކު އުޅެމުންދާކަމަށެވެ.
ޢަދުރޭަޢަށްދަންނަވާލަންއޮތީ އަދުރޭްއަށްެ ލިބުނުފައިސާ ހަލާލުކަން ނޫނީ ނޫންކަން އެންމެރަނގަޅަށް އެނގޭނީ ހެއްދެވިފަރާތަށް.. ދެން ހަމަ އަދުރޭއަށޭ..