ޚަބަރު

ކޮންގްރެސް މަޖިލިސް ޕްރައިމަރީގައި 80,000 މީހުންނަށް ވޯޓް ލެވޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަރުކާރު ހިންގަމުން އަންނަ ކޮންގްރެސް ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ނިކުންނަ ފަރާތްތައް ކަނޑައެޅުމަށް އެ ޕާޓީން ބާއްވާ ޕްރައިމަރީގައި 80,000 މީހުންނަށް ވޯޓް ލެވޭނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

Ads by STELCO

މާދަމާ 10 އިން ފެށިގެން 5އަށް ކުރިޔަށްދާ މި ޕްރައިމަރީގައި ޖުމްލަ 283 ކެނޑިޑޭޓުން ވާދަ ކުރައްވައެވެ. އޭގެ ތެރޭގައި ހިމެނެނީ 23 އަންހެން ކެނޑިޑޭޓުންނެވެ.

މަޖިލީހުގެ 93 ދާއިރާގެ ތެރެއިން 90 ދާއިރާއަކަށް ކޮންގްރެސް ޕާޓީން މަޖިލިސް އިންތިޚާބުގައި ވާދަ ކުރާއިރު, 13 ކެނޑިޑޭޓަކަށް ވަނީ ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުވެފައެވެ.

3 ދާއިރާއަކަށް އެ ކޯލިޝަނުން ވާދަނުކުރާނެއެވެ. އެ 3 ދާއިރާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވާދަކުރައްވާ މާމިިގިލި ދާއިރާއާއި، އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ އިތުރުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުޙައްމަދު ވާދަކުރައްވާ ދ. މީދޫ ދާއިރާއެވެ.

މާލޭގައި ކޮންގްރެސް ޕާޓީގެ ވޯޓް ފޮށި ހުންނާޞީ، ހެންވޭރު ދަނޑާއި، ކަލާފާނު ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، ތާޖުއްދީން ސްކޫލުގައެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައި ވޯޓުލުން ކުރިއަށްދާނީ، އެ ރަށެއްގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާ ޚާއްޞަ ތަނެއްގައެވެ.

ވޯޓުލުން ނިމުމުން ކޮންމެ ފޮށްޓެއްކައިރީގައިވެސް ވަގުތީ ނަތީޖާ އިއުލާންކުރާނެއެވެ.

Ads by HDC
  1. ކިއެއްވެތޭ

    އިންޑިއާ ސިފައިން ފަައިބަން ޖެހޭ ކަމަށް ރައްޔިތުންގެ %95 ވޯޓް އިން އެކަމަށް ރުހުންދީފައިވާ އިރު އެކަން މަތިކޮށްފައިވާ ހާކިމާ އެކަން ކުރުމުގައި ލަސްކުރަނީ އެއީ ކިއެއްވެގެން ކަން މަމެންނަށް ނޭގެއޭ ކިއެއްވެތޭ މުއިއްޒުގެ ގަރާރަކުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބަން ޖެހޭނެ ކަމަށް މުއިއްޒު އަށް ނުނެރެވިގެން އުޅެނީ އަދި އިންޑިއާ އައުޓް ގަރާރު ވެސް ބާތިލް ކުރަން ނުކެރިގެން އުޅެނީ ކިއެއްވެތޭ މިހާރު ބަންގާޅުގައި ވެސް އިންޑިއާ އައުޓް ކެމްޕެއިން ފެށިގެންނޭ އުޅެނީ ކިއެއްވެތޭ އިންޑިއާ ސިފައިންނަށް ސަރުކާރުގެ ބަޖެޓުން ކޮންމެ މަހަކު 25 މިލިއަން ޑޮލަރު ޚަރަދުކުރަނީ ކިއެއްވެތޭ އެކަން ކުރަނީ…

  2. ފައިބާފައިބާ

    މަމެންގެ ގަޓްރައީސް ޔާންޓޭ މިއަދާއި ހަމައަށް ދޫކޮށްފައި ހުރިނަމަ މިހާރު އިންޑިއާ ސިފައިން ތިބޭނީ އެމެން ބިރުން މިގައުމުން ފަައިބާފައޭ ކިއެެއްކުރަންތޭ އިންޑިއާ ސިފައިންގެ 25 ހާސް ސިފައިން ބޮޑެތި ނިއުކް ބަރުހަތިޔާރު ބަހައްޓާ އެބޮޑުބަޑިތައް މާލެއަށް އަމާޒު ކޮށްގެން އުތުރުތިލަފުށީގައި އެތިބެނީ އިންޑިއާ ސިފައިން މިގައުމުން ފައިބަންވީއޭ ރައްޔިތުންގެ %95 އެއްވެސް ހިފެހެއްޓުމެއް ނެތި ޔާންޓޭ ބުނެގެން އެއޮތީ އިންޑިއާ އައުޓަށް ވޯޓް ދީފައޭ ނުފުއްޕާ ފަައިބާށޭ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ