ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީން ސޮއި ހަމަކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އެކަމަށް ބޭނުންވާ ސޮއި ހަމަކުރީ ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެންބަރުންނާއެކުއެވެ. މިހާތަނަށް 34 މެމްބަރަކު އެ ގަރާރުގައި ސޮއިކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަޅަން 26 މެމްބަރެއްގެ ސޮއި ބޭނުންވެއެވެ.
ރައީސް އަޒުލު ކުރުމުގެ މަސައްކަތް އިދިކޮޅު ޕާޓީތަކުން މި ފެށީ، ކެބިނެޓުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ނިންމުމުން ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުއްޓުވާފައިވާ ދަނޑިވަޅެއްގައެވެ.
Ads by Allied Insurance