ދުނިޔެ

އިންޑިއާގެ ޑޮކްޓަރުންތަކެއް 10 ގަޑިއިރުފަހުން އަންގި ބޭލިއިރު އަތްތިލަ ހުރިގޮތް ބަލާލަބަލަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރެމުން އަންނައިރު، ހަމަޔަގީނުން ވެސް އެންމެ ބުރަކޮށް މަސައްކަތް ކުރާ އެއް ބަޔަކީ ސިއްޙީ ޚިދުމަތްތެރީންނެވެ. އޭގެ ތެރެއިންވެސް ފްރަންޓްލައިންގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ވަކިން ޚާއްސަކޮށް ފާހަގަ ކޮށްލެވެއެވެ.

Ads by Sosun Fihaara

ކޮންމެ ދުވަހަކު ވެސް ޑިއުޓީ ފެށުމުގެ ކުރިން އެޚިދުމަތްތެރީންނަށް އެންމެ ފުރަތަމަވެސް ޖެހެނީ ޕާރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ކިޓު ލާށެވެ.ކޮވިޑުން ރައްކާތެރިވުމުގެ ގޮތޮން އެތައް ބައިވަރު އެއްޗެއް ޕީޕީއީ ކިޓުގެ ގޮތުގައިލާން ޖެހޭއިރު، އެމީހުން އަދާކުރަންޖެހޭ ޑިއުޓީގެ ދިގުމިނާއި އުޅެންޖެހޭ ބުރަކަން ވެސް އެހާމެ ބޮޑެވެ.

މިއީ އެފަދައިން އިންޑިއާގެ ކޮވިޑް ފްރަންޓްލައިނުގައި މަސައްކަތްކުރާ ޑޮކްޓަރުންތަކެއް، 10 ގަޑިއިރުގެ ދިގު ޑިއުޓީއެއް ނިންމާލުމަށްފަހު އަތަށް ލައްވާފައި ހުރި އަންގި ބޭލިއިރު އެމީހުންގެ އަތްތިލަ ހުރި ގޮތެވެ.
ގިނައިރުތަކެއް ވަންދެން އަންގި އަޅައިގެން ހުރުމުގެ ސަބަބުން އަތުގައި އުދާސް އުފެދި، މުޅި ދެއަތްތިލަ ވަނީ ރޫޖެހިފައެވެ.

އެމީހުން ބުނި ގޮތުގައި ޕީޕީއީ ކިޓުލުމަށްފަހު އެކިޓު ޑިއުޓީގަޑި ނިމެންދެން އެކިޓު ނުބޭލެއެވެ. ކެއިން ބުއިމުން ވެސް މަހުރޫމް ވެފައި ތިބެން ޖެހޭއިރު ކުޑަކަމު/ބޮޑުކަމު ދިޔުމެއް ވެސް ނެތެވެ.

މީގެއިތުރުން މިފަދަ ސިއްހީ ޚިދުމަތްތެރީންނަކީ އެމީހުންގެ އާއިލާއާއި އަނބިމީހާ/ފިރިމީހާ އަދި ދަރިންނާއިވެސް ބައްދަލެއް ނުކުރެވެއެވެ.

 

  1. ޕީޕީއީ

    މަ ހީކުރީ މަޖިލިސް މެންބަރުން ކަމަށް ފްރޮންޓް ލައިންގަ އުޅެނީ. ގައިމުވެސް ރާއްޖޭގަ އުޅެނީ މަޖިލިސް މެންބަރުން�

  2. ރައްޔިތުން

    ތިޔައީ މާ ޚާއްޞަ ކަމެއް ނޫން އަބަދުވެސް ދިމާވާ ކަންކަން ގިނަ އިރު އަތްތިލަ އަތަށްއަރުބާ އެބާވަތުގެ އަންގިލާ ގިނަ އިރުވީމާ އެހެންވާނެ