ޚަބަރު

ކެމްޕޭނުގައި އުޅުއްވި ގޮތަށް ވެރިކަން ލިބުމުން އުޅުމަކީ ގޯހެއް: އިންޑިއާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ވެރިކަމާ ހަވާލުވެވަޑައިގެން, ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު އުޅުއްވި ގޮތަށް ނޫޅުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ގޮވާލައްވައިފިއެވެ.

Ads by Hajj Corporation

'އެންޑީޓީވީ'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޖައިޝަންކަރު ވިދާޅުވީ, އިންތިހާބުތަކުގައި ވަކި ގޮތަކަށް އަމަލުކުރުމަކީ ވަކި ކަމެއް ކަމަށާއި ނަމަވެސް ސަރުކާރާ ހަވާލުވުމުން ބައްދަލުވުންތަކާއި މީޑިއާތަކުގައި ވާހަކަތައް ދައްކަން ވާނީ ވިސްނުންތެރިކަމާއެކު ކަމަށެވެ.

ޖައިޝަންކަރު އިޝާރާތް ކުރެއްވީ ކެމްޕޭނުގައި ދުވަސްވަރު މިހާރު ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދިޔަ 'އިންޑިއާ އައުޓް' ކެމްޕޭނަަށެވެ.

އަދި އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއާއެކު ބައްދަލުވުންތަކެއް ބޭއްވިގެން ދިޔުން ކަމަށާއި ރާއްޖެއިން މައްސަލަތަކެއް ފެންމަތިކުރާނަމަ އެކަންކަން އަޑުއަހައި ހައްލުކުރަން އިންޑިއާ އިން މަސައްކަތް ކުރާނެ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

ޖައިޝަންކަރު މިހެން ވިދާޅުވެފައި ވަނީ ޑިޕްލޮމެޓިކް އަދި ސިޔާސީ ހަމަނުޖެހުންތަކެއް ރާއްޖެއާއި އިންޑިއާއާ ދެމެދު ފެތުރި، ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ވެސް އަސަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ދެ ގައުމުގެ ދެމެދު ނުތަނަވަސްކަން އުފެދިގެންދިޔައީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެ ގައުމުގެ ލަކްޝަދީޕު ޕްރޮމޯޓުކުރުމަށް ފެށި ކެމްޕޭނަކާ ގުޅިގެންނެވެ.

Ads by HDC
  1. އަބްދޫ

    އިންޑިޔާ އަތުން ލަކްަސަދީބު ހޯދަން ކޯޓަށް ދާނީ

  2. އަހަރުމެން ހަމަ ހިތުހުރި ހުރިހާ އެއްޗެއް ތިޔަ ބޮޑު މުޖުރިމް ޤާތިލް މޯދީ އަށް ގޮވާނަން އޭނާ އެއީ މުސް ލިމުން އެތަކެއް އަހަރުވަންދެކަށް ނަމާދު ކުރަމުން ދިޔަ އަޔޯދިޔާގެ ބާބަރީ މިސްކިތް ތަޅާލާފަ އެތާގައި ހިންދޫ ރާމް ބުދުފައްޅި އަޅާދިން ބޮޑު މުޖުރިމް މޯދީ، ކަލޭ މެން އެމްޑީޕީ މީހުން އޭނަޔަށް ތާއީދުކޮށް ގެން ތިއުޅެނީ މިޤައުމު ވިއްކާފަ ފައިސާ ނަގައިގެން އުޅޭތީ !

  3. މިރާއްޖޭގެ ވެރިންގެ އިހުމާލުން ރާއްޖޭގެ އުތުރާއި ދެކުނުން ގެއްލިގައިވާ ރައްތަށް ހޯދަން އައިސީޖީ ގައި ދައުވާކުރާނަން، މިއީ 21 ވަނަ ޤަރުނު ކެރޭ ކުޅަދާނަ ދިވެހި ތަކުރުން ތިބިކަން ދައްކާލާނަން !