Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވިނަރެސް މަޝްރޫއުއިން ފްލެޓު ގަނެފައިވާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް

ވިނަރެސް މަޝްރޫއުއިން ފްލެޓު ގަނެފައިވާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް

ވިނަރެސް ފްލެޓްތައް ގަނެފައިވާ މީހުންނަށް ބޮޑެތި ލުއިތަކެއް ދިނުމަށް އެޗްޑީސީން ނިންމައިފިއެވެ.

މިއަދު އެޗްޑީސީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ފްލެޓްތަކުގެ ވެރިފަރާތްތަކުގެ އެދުމުގެ މަތިން ކުލި ދެެއްކުމުގައި ސަރުކާރުން އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، "ލީޒް ޓު އޯން މޮޑެލް"ގެ އިންޓްރަސްޓް ރޭޓް 9 އިންސައްތަ އިން 6 އިންސައްތައަށް ބަދަލުކުރުމުގެ އިތުރުން ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ 50 އިންސައްތަ ކުޑަކުރެވި، ކުޑަކުރެވުނު 50 އިންސައްތަ ފްލެޓްގެ އަގުން އުނިކުރެވިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

Advertisement
HDC — Sidebar (box)

މިއާއެކު، ޑައުންޕޭމަންޓް ދެއްކުމަށް ދެވިފައިވާ 3 މަހުގެ ބަދަލުގައި 6 މަސް ދުވަހުން ޑައުންޕޭމަންޓް ދައްކާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން 6 އިންސައްތަ އިންޓަރެސްޓް ރޭޓްގައި ފުލެޓަށް މަހަކު ދައްކަންޖެހޭ އަދަދުން އެވްރެޖްކޮށް 4،200 ރުފިޔާ މިހާރު ވަނީ ކުޑަކުރެވިފައިކަމަށާއި، މި ޑިސްކައުންޓަކީ ފްލެޓްގެ އަގުން ދެވޭ ޑިސްކައުންޓެއްގެ ގޮތުގައި ހަމަޖެހިފައިވާކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.

އެހެންކަމުން، ވިނަރެސް މަޝްރޫއުއިން ފުލެޓު ބައްދަލަވައިގަތް ފަރާތްތަކުގެ ތެރެއިން ބޭންކެއް މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާއިން އެއް ފަހަރާ އަގު އަދާ ކުރާ އުސޫލުން ފުލެޓު ބައްލަވައިގަތް ފަރާތްތަކަށްވެސް މި ލުއިތައް ދިނުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

އަދި ބޭންކު ލޯނަށް މަހަކު އެވްރޮޖުކޮށް ދައްކަންޖެހޭކަމަށް ލަފާ ކުރެވޭ އަދަދުން 4،200 ރފުިޔާ އެވްރެޖްކޮށް ކުޑަވާނެ ގޮތަކަށް ފްލެޓުގެ އަގުން ޑިސްކައުންޓެއް ދެވިގެންދާނެކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް