Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ތެލެސީމިއާއަށް ހޭލުންތެރި ކުރުމަށް ޤައުމީ ކެމްޕޭނެއް ފަށައިފި

ތެލެސީމިއާއަށް ހޭލުންތެރި ކުރުމަށް ޤައުމީ ކެމްޕޭނެއް  ފަށައިފި

ތެލެސީމިއާއަށް ހޭލުންތެރި ކުރުމަށް ޤައުމީ ކެމްޕޭނެއް މިއަދު ފަށައިފިއެވެ.

މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ކެމްޕެއިން ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޑރ. އަބްދުﷲ ޚަލީލްއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ކެމްޕެއިންގެ މަޤްޞަދަކީ، ތެލެސީމިއާ އާއި ގުޅިގެން ލޭއަޅާކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 އިންސައްތައަށް ދަށްކުރުން ކަމަށެވެ.

Advertisement
HDC — Sidebar (box)

ހަމަ އެހެންމެ ޤައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައި ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުމާއި، މި ނިޒާމުގެ ދަށުން ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކަށް ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ސާނަވީ ތައުލީމު ނިންމާ ހުރިހާ ދަރިވަރުން ތެލެސީމިއާ ޓެސްޓްކުރުން މި ކެމްޕެއިންގެ މަޤްސަދުގެ ތެރޭގައި ހިމެނޭ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ހެލްތު މިނިސްޓްރީން ބުނީ މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް.ބީ.އެސް) އިން ކުރިއަށް ގެންދާ މި ޤައުމީ ކެމްޕޭންގެ ދަށުން ހުރިހާ މިނިސްޓްރީތަކާއި އޮފީސްތަކަށް ހޭލުންތެރިކުރުމުގެ ސެޝަން ކުރިއަށް ގެންދާނެ ކަމަށް އެމްބީއެސްއިން ވަނީ ބުނެފައެވެ.

މި ކެމްޕޭނުގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ގުޅިގެން ސުކޫލުތަކުގައި ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިން ތެލަސީމިއާ އަށް ހޭލުންތެރި ކުރުމާއި ދަރިވަރުން ތެލަސީމިއާ އަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށާ، އެ ސްކޫލްގެ ގްރޭޑް 10 ގައި ކިޔާވާ ދަރިވަރުން ތެލަސީމިއާ އަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ގްރޭޓަރ މާލޭ ސަރަހައްދުގެ ގްރޭޑް 10 ގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް