އައްޑޫ އިން ގޯތި ލިބޭ މީހުންގެ ގުރުލުން ބުދަ ދުވަހުން ފެށިގެން ކުރިއަށް ގެންދަނީ

އައްޑޫއިން ދޫކުރާ ބަންޑާރަ ގޯތި ލިބުނު މީހުންގެ މެދުގައި، އަންނަ ބުދަ ދުވަހުން ފެށިގެން ގުރުލުން ކުރިއަށް ގެންދަން ނިންމާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ގޯތި ކަނޑައެޅުމަށް ގުރުއަތުލުމުގެ މަސައްކަތް ގޯތި ލިބޭ މީހުންގެ ލިސްޓާއެއްގޮތްވާ ގޮތުގެ މަތީން، ފެބުރުއަރީ 07، 2024 ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
އަދި ބަންޑާރަ ގޯތި ދިނުމަށް ބިންތައް އެކަށައެޅޭ ނިސްބަތުން ލިސްޓުގައިވާ ތަރުތީބުން ގުރުއަތުލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި އެއް އަވަށަށް ވުރެ ގިނަ އަވަށްތަކުން ގޯތި ލިބުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ގޯތި ބޭނުންވާ އަވަށް އިހްތިޔާރު ނުކުރާ ފަރާތްތަކަށް ގޯތި ދޭން ހަމަޖެހިފައިވަނީ އެފަރާތެއް ރަށްވެހިވެފައިވާ އަވަށުން ކަމަށް އެ އިއުލާންގައި ބުނެފައިވެއެވެ.
އައްޑޫ ސިޓީން ގޯތި ދޫކުރުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި 1،000 ގޯއްޗަށް އެދި 4،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވެއެވެ.