ޚަބަރު

ސިޔާސީ މަސައްކަތް ކުރަން ސަރުކާރުން ފުރުސަތެއް ނުދިން: ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސިޔާސީ މަސައްކަތް ކުރަން ސަރުކާރުން ފުރުސަތެއް ދީފައި ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Ads by MWSC

މިވަގުތު ގޭ ބަންދުގައި ހުންނެވި ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މިހާރު ވަނީ ނިމިފަ އެވެ. ދެން އޮންނާނީ ހުކުމް އިއްވުމެވެ. ނަމަވެސް ހުކުމް އިއްވާނެ ތާރީހެއް ހައިކޯޓުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ރޭ އާންމު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދޭ އުސޫލުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ޖަލު ބަންދުން ވީއްލި ގޭގައި ހުރެވޭތީ އާއިލާ އަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭ ކަމަށާއި ނަމަވެސް އެމަނިކުފާނަކީ ހަމައެކަނި އާއިލާއެއް ބަލަހައްޓާ މީހެއްގެ އިތުރަށް ސިޔާސީ އާއިލާ އެއް ވެސް ބަލަހައްޓާ މީހެއް ކަމަށެވެ.

މިހާރު ސަރުކާރުގައި ތިއްބެވީ އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށާއި ނަމަވެސް ސިޔާސީ މަސައްކަތް ކުރައްވަން އެއްވެސް ފުރުސަތެއް ނުދެއްވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަށް ޝައުގުވެރިކަން ހުންނަ ރައްޔިތުންނަށް އިއްވަން ބުނާ ވާހަކައެއް މިއީ. އަޅުގަނޑަށް ސިޔާސީ މަސައްކަތް ކުރުމުގެ އެއްވެސް ފުރުސަތެއް ނުއެއް ދެއްވާ. އަޅުގަނޑަކަށް ނުވިސްނޭ ގާނޫނީ ގޮތުން މިކަމަށް އޮތް ހުރަހެއް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ކުރިން އެމަނިކުފާނަށް އިއްވީ "ހަރާމް" ހުކުމެއް ކަމަށް ބުނެ އަޑުގެ ކޮޅަށް ވާހަކަ ދެއްކެވި ކަމަށާއި "ފްރީ ރައީސް ޔާމީން" ޖަހައިގެން މަގުމަތީގައި ހަރަކާތްތައް ވެސް ހިންގި ކަމަށެވެ. ނަމަވެސް އެކަން ވަކި ހިސާބަކުން ހުއްޓާލި ކަމަށާއި އަދި މިހާރު އެ ބޭފުޅުން "ފްރީ ރައީސް ޔާމީން" ނުބަނަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މިހާރު އެ ބޭފުޅުން އެމަނިކުފާނުގެ މެސެޖަކަށް ޖަވާބު ދެއްވަން ވެސް ބޭނުން ނުވާ ކަމަށާއި ފޯނަށް ޖަވާބު ދޭން ވެސް ކެރިވަޑައިނުގަންނަވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

  1. އަޅުގަޑުމެން ރައްޔިތުން މިވަނީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިންގެރާޖެ ހިމާޔަތް ކުރުމަށް މާލާއި ޖާނުން ޤުރުބާން ވުމަށް ރައީސު ޑރ މުހައްމަދު މުއީޒަށް ބައިއަތުހިފާފައިކަން ހަދުމަކޮށް އަރުވަން ! ރައީސާއި ދެކޮޅު ވުމަކީ ޤައުމުގެ ތަރައްޤީއަށް ހުރަސް އެޅުން ކަމުގައިވާނީ!

  2. ބޮޑާނުވެ ހުރިނަމަ ތި ހުރިހާ ފުރުސަތެއްވެސް ލިބޭނެ