ޚަބަރު

ބިޔަރުން ޑިއުޓީ ފްރީކަމަށް ބުނެ ދައުރުވަނީ ހަގީގަތާ ހިލާފު ވާހަކައެއް: ކަސްޓަމްސް

އައިކާ ޔުނާން ، ދެން އޮންލައިން
ކަސްޓަމްސް ބިލްޑިންގ --ދެން އިމޭޖްސް

ރާއްޖެ އެތެރެކުރާ އެކި ވައްތަރުގެ ބިއަރުން އެއްވެސް ޑިއުޓީއެއް ނުނަގާ ކަމަށް ބުނެ މީސް މީޑިއާ ދައުރުކުރަމުން އަންނަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

Ads by Hajj Corporation

މިއަދު މީސްމީޑިއާގެ އެކި މަންސަތަކުގައި ދައުރުވެފައިވަނީ ކަސްޓަމްސް ވެބްސައިޓުން ނަގާފައިވާ ސްކްރީންޝޮޓެކެވެ. އޭގައިވާ ގޮތުން ޑިއުޓީއަކީ ސުމެކެވެ.

އެކަން ދޮގުކޮށް ކަސްޓަމްސް އިން ބުނީ އެ ސްކްރީންޝޮޓަކީ ވެބްސައިޓުގައިވާ މައުލޫމާތުގެ އެއް ބައި ނަގައިގެން އާންމުކޮށްފައިވާ ފޮޓޯއެކެވެ. މިއީ ގަސްތުގައި ރައްޔިތުންނަށް އޮޅުވާލުމަށް ހިންގާފައިވާ އަމަލެއްގެ ގޮތުގައި ކަސްޓަމްސް އިން ވަނީ ސިފަކޮށްފައެވެ.

"ބިޔަރަކީ އެކްސްޕޯޓު އިމްޕޯޓު ގާނޫނުގެ ދަށުން ލީޓަރަކަށް 15 ރުފިޔާ ޑިއުޓީ ނެގޭ ބާވަތެއް," ކަސްޓަމްސް އިން ބުނެފައިވެއެވެ.

ކަސްޓަމްސް އިން ބުނީ ރާއްޖެއަށް އިމްޕޯޓުކުރާ މުދަލުގައި ޑިއުޓީރޭޓު ކަނޑައަޅަނީ ކަސްޓަމްސް އިން ނޫން ކަމަށާއި އެއީ އެކްސްޕޯޓު އިމްޕޯޓު ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އަދަދުތަކެއް ކަމަށެވެ.

ކަސްޓަމްސް ވެބްސައިޓުގައިވާ މައުލޫމާތު ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް ނުފެތުރުމަށް ކަސްޓަމްސް އިން ވަނީ އެދިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!