ޚަބަރު ސިޔާސީ

މިއަދުގެ ސަރުކާރުން އެއްވެސް އާ ކަމެއް ކުރާތަން ނުފެނޭ, ހަދަނީ ހުސް ދޮގު: ރައީސް ޞާލިޙް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަދުގެ ސަރުކާރުން އެއްވެސް އާ ކަމެއް ކުރާތަން ފެންނަމުން ނުދާ ކަމަށާއި ހަދަމުންދަނީ ހުސް ދޮގު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު ޖީނާނު މަހުމޫދަށް ތާއިދު ހޯދަން ރޭ ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެންމެ އުނދަގޫ ދުވަސްތަކުގައިވެސް ރައްޔިތުންގެ ހެވާ ލާބައަށް އެތައް މަސައްކަތްތަކެއް އެމަނިކުފާނުގެ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ފެން, ނަރުދަމާ, ކަރަންޓުގެ އިތުރުން ވެސް ގިނަ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މިއަދުގެ ސަރުކާރުން އެއްވެސް އާ ކަމެއް ކުރާތަން ފެންނަމުން ނުދާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"މިއަދުގެ ސަރުކާރުން އެއްވެސް އާ ކަމެއް ކުރާތަނެއް ނުފެނޭ. އަޅުގަނޑުމެންގެ ސަރުކާރުން ނިނމުމާ ގާތްވެފަ ހުރި މަޝްރޫތައް އާ މަޝްރޫއުތައްވެސް އެއީ އާ މަޝްރޫއުތައް ކަމަށް ހަދާ އޮޅުވާ އެބަ ލާ" ރައީސް ވިދާޅުވިއެވެ.

މިއަދު ލޯމަރައިގެން ބަލަން ތިބެވެން ނެތް ކަން ފާހަގަކުރަމުން ރައީސް ޞާލިޙް ވިދާޅުވީ އޭރުވެސް މި ސަރުކާރުން ހެދީ ގޮތު ކަމަށާއި މިހާރުވެސް ހަދަމުން ދަނީ ދޮގު ކަމަށެވެ.

" އޭރުވެސް ހެދީ ދޮގު މިހާރުވެސް ހަދަމުންދަނީ ހުސްދޮގު. އަޅުގަނޑުމެންނަކަށް މިއަދަކު ނެތް ލޯމަރާލައިގެން ބަލަހައްޓައިން ތިބެވޭކަށް. ގައުމު މިދަނީ ފުން އަނދަވަޅަކަށް ވެއްޓެން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މާޗު 17 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާމެދު ވަރަށް އުއްމީދު ބޮޑު ކަމަށާއި އެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީން ހޯދާނެ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Ads by HDC
  1. ފަރުމަސް

    ފައިސާ ޗާޕުކޮށް ގައުމު އަނދަވަޅަކަށް ވައްޓާލާފައި، މިދައްކަނީ ކޮންވާހަކަ އެއްބާ؟