އިތުރު 111 މީހަކު ކޮވިޑުން ރަނގަޅުވެ، ބަލިން ފަސޭހަވި މީހުންގެ އަދަދު 5036 އަށް

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 111 މީހަކު މިއަދު ބަލިން ރަނގަޅު ވެއްޖެއެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންނާއި އެކު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5036 އަށް އަރާފައެވެ.
މިއަދު ރާއްޖެ އިން އިތުރު 89 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 63 ދިވެހީންނާއި ބަންގްލަދޭޝްގެ 20 މީހަކާއި، އިންޑިއާގެ ފަސް މީހަކާއި ލަންކާ މީހެއް ކަމަށެވެ.
މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ ވަނީ 7667 އަށް އަރައިފައެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 2597 މީހެކެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 28 މީހަކު ވަނީ ނިޔާވެފައެވެ.