ޚަބަރު ސިޔާސީ

މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ފެންނާނީ އަނިޔާވެރި, ބިރުވެރި މަންޒަރުތަކެއް: ޞާލިޙް

ރައުފާ ރަޝީދު ، ދެން އޮންލައިން

މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެނަމަ ފެންނާނީ އަނިޔާވެރި, ބިރުވެރި މަންޒަރުތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަޖިލިސް އިންތިހާބުގެ ކެންޕެއިނަށް ބ. އަތޮޅަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޞާލިޙް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރަމުންދިޔައި އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ކަމަށެވެ.

އެ މަންޒަރު މިހާރު ފެންނަމުންނުދާ ކަމަށާއި މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެ ނަމަ ފެންނާނީ އަނިޔާވެރި މަންޒަރުތައް ކަމަށް ޞާލިޙް ވިދާޅުވިއެވެ.

“އަޅުގަނޑުމެން މަސައްކަތް ކުރަމުންގެންދިޔައީ ވަކި ފިކުރެއް ކުލައަކަށް ނުބަލާ ތަފާތުކުރުމެއްނެތި، މިއަދަކު އެމަންޒަރެއް ނުފެނޭ. ރައީސް މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ފެނިގެންދާނީ ވަރަށް އަނިޔާވެރި ހުދުމުހުތާރު ބިރުވެރި މަންޒަރުތަކެއް" ޞާލިޙް ވިދާޅުވިއެވެ.

ޞާލިޙް ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ ދޮގު ހަދާ އޮޅުވާލުމުގެ އިތުރަށް، ގާނުނު އަސާސީން ދީފައިވާ ހައްގުތައް ހިފެހެއްޓުމުގެ މަސައްކަތް ކުރައްވަމުން ކަމަށެވެ.

އެމްޑީޕީގެ އެޑްވައިޒަރުކަން ވެސް ކުރައްވާ ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި، ޑިމޮކްރެސީއެއްގައި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އަޑު ކަމަށެވެ. އެތަނަކީ ރައްޔިތުންގެ ފަރާތުން ވަކާލާތުކޮށް ރައްޔިތުންގެ ފަރާތުން ބަސް ބުނަން އެއްވެ އޮތް ތަން ކަަމަށާއި އެތަނުގެ އަގު ވައްޓާލައި ގާނޫނު އަސާސީން ލިބިދީފައިވާ ބާރުތައް ނިގުޅައިގަތުމަށްޓަކައި ވެސް ރައީސް މުޢިއްޒު މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

Ads by Allied Insurance
  1. އަބްދޫ

    މަޖިޅިހުގެ މެޖޯރިޓީއަތުންގެއްލިދާތިީ ވަގުން ބިރުގަންނާނެ.އެމްޑީޕީން ނަގާފައިވާ ދަރަނި 78.5 ބިލިއންާއި އަތޮޅާއި ރަށްރަށުގެ 20 ބިލިއން ރުފިޔާގެ މައްސަލަ ބަލާފާނެތީ ބިރުން ހޭރެނީ

  2. މަޖިހުގެއެންމެގޮނޑިއެށްވެސް އެމްޑީޕީއަށްނުދޭންވީމިފަރުވެސްސާލިހު ތިއުޅުއްވަނީރައްޔިތުންގުބޯހައްދަންއަށާރަވަނަމަޖިލިހައިރައީސުކަމައިހަވާލުކުރީމައޮނޑިފަރަންއަރުވާލަފަގައުމު އެށްކޮށްލޫޓުވާލީނޫންތަ!މިފަހަރުއެހެންވިޔަނުދެއްވާ!

  3. ޗޯރޭ އަށް މަޖިލިސް ލިބިގެން ވެސް އަހަރެމެން ތިބީ ބިރުން ގައުމު ދަވާލާފަ އިންޑިއާއަށް ގައުމު ވިއްކާފަ އެވަރުން ނުވެގެން ބައިތުލްމާލުވެސް ހުސްކޮއްފަ ދިޔައީ

  4. އެޗު ކޭ

    ކަލެއައްމަޖިލީހާވެރިކަންދިނީމަކުރީކޮންކަމެއްކުރީވައްކަން