ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލިސް ކެމްޕޭނަށް ޝާހިދު ފުވައްމުލަކަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ފުވައްމުލަކު ސިޓީ އަށް ވަޑައިގެންފިއެވެ.

Ads by Sosun Fihaara

ޝާހިދުގެ މި ދަތުރުފުޅުގައި ކެންޑިޑޭޓުންނާ އެކު ފުވައްމުލަކުގައި ކެމްޕޭނުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ޝާހިދު ވިދާޅުވީ އެދާއިރާގެ ގެތަކުންނާއި މަގުމަތިން ދިމާވާ ބޭފުޅުންވެސް ދައްކަވަނީ އެއް ވާހަކައެއް ކަމަށާއި އެއީ ދޮގުހަދައިގެން ވެރިކަމަށް އައިސް، މިސްރާބު ގޯސްކޮށް ގެންދާ ވާހަކަ ކަމަށެވެ  އެކަން އިސްލާހުކޮށް، މިސްރާބު ހަމަމަގަށް ގެންދިޔުމަށް ފުވައްމުލަކު މެދު ދާއިރާ ތައްޔާރުވަމުންދާ ކަމަށާއި އެކަންކުރެވޭނީ މަޖިލީހަށް އެމްޑީޕީ މެމްބަރުން އިންތިޚާބުކޮށްގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ފުވައްމުލަކަށް ވަޑައިގެންފައިވާއިރު މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ގެންދަވަނީ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގަންނަވަމުންނެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީން ވަނީ 89 ދާއިރާއަށް ވާދަކުރުމަށް ނިންމާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!