ޚަބަރު

މަނާ ވަގުތުގައި ދުއްވާ އެއްޗެހި ދުއްވައިގެން 274 މީހަކު ޖޫރިމަނާ ކޮށްފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ވެހިކަލު ދުއްވުން މަނާ ވަގުތުތަކުގައި ދުއްވާ އެއްޗެހި ދުއްވައިގެން 274 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Sosun Fihaara

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ މި މަހުގެ 23 ވަނަ ދުވަހު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އާ ދެމެދު ދުއްވާ އެއްޗެހި ދުއްވާ ފަރާތްތަކުގެ ތެރެއިން 1095 ފަރާތަކަށް މިހާތަނަށް ނަސޭހަތް ދެވިފައިވާ ކަމަށެވެ.

އަދި ދުއްވާ އެއްޗެހި އެވަގުތު ތަކުގައި ދުއްވައިގެން 274 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މާސްކް ނާޅާ ބޭރުގައި އުޅުމުގެ ސަބަބުން ފާއިތުވި ނުވަ ވަރަކަށް ދުވަހުގެ ތެރޭގައި 2901 ފަރާތަކަށް ނަސޭހަތް ދެވި 1188 ފަރާތެއް ޖުރިމަނާ ކޮށްފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ. މީގެ އިތުރުން ރޭގަނޑު 10:00 ގެ ފަހުން ބޭރުގައި އުޅުމުގެ ސަބަބުން 3813 ފަރާތަކަށް ނަސޭހަތް ދެވި 1580 ފަރާތެއް ޖުރިމަނާ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނެފައިވަނީ އެންމެ އެދޭ ގޮތަކީ ޖުރިމަނާ ކުރުމެއްނޫން ކަމަށާއި، އެހެންކަމުން އަންގާ އެންގުންތަކަށް ކިޔަމަންވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!