އައްޑޫ ސިޓީ ދެކުނަށް ބާރުގަދަ ބިންހެލުމެއް, ރާއްޖެއަށް އަސަރެއް ނުކުރާނެ!

އައްޑޫ ސިޓީގެ ދެކުނުގައި އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮންނަ ޑިއެގޯގާސިއާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިރޭ 22:24 ހާއިރު އައްޑޫ ސިޓީއާ 492 ކިލޯ މީޓަރު ދުރަށް 5.8 މެގްނިޓިއުޑުގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.
މި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 10 ކިލޯ މީޓަރު އަޑިއަށް ކަމަށާއި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.