ޚަބަރު

ސަރުކާރުން ގޭބިސީތަކަށް ހަދިޔާކުރާ ކާޑުގެ ބާވަތްތައް މާދަމާ 10 ޖަހާއިރު ދޫކުރަން ފަށަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބަރަކާތްތެރި ރަމަޟާން މަހަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާކުރާ ހަނޑޫ އަދި ފުށް މާދަމާ ދޫކުރަން ފަށާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

Ads by MWSC

އެސްޓީއޯއިން ވިދާޅުވީ މާލޭ ސަރަހައްދުގައި މުދާ ދޫކުރާނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށާއި އަދި މާލެ ސަރަހައްދުގައި މުދާ ދޫކުރާނީ މާދަމާއިން ފެށިގެން މާޗް 16 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެެވެ.

މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވަނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. ރޯދަމަހު މުދާ ދޫކުރުމަށް ނިންމާފައިވާ ގަޑިތަކަކީ ހެނދުނު 9:30އިން މެނދުރުފަހު 1:00 އަށް އަދި ރޭގަނޑު 21:00އިން 23:30 ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރަން ނިންމާފައިވާކަން ރައީސް އިއުލާންކުރެއްވީ މިދިޔަ މަހުގެ 13 ގައެވެ.

މި ކާޑުގެ ބާވަވްތައް ހަދަން ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!