ޚަބަރު

އެޗްޑީސީން ރަމަޟާން މަހަށް ޚާއްސަކޮށް ފޭސް 2 ގައި މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ހުޅުވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރަމަޟާން މަހަށް ޚާއްސަކޮށް ހުޅުމާލެ ފޭސް 2ގެ ޑިންގީ ހާބަރު ސަރަހައްދުގައި މަސްމާރުކޭޓަކާއި ލޯކަލް މާރުކޭޓެއް މިއަދު ހުޅުވައިފިއެވެ.

Ads by Sosun Fihaara

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި އެބކޯޕަރޭޝަނުން ދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މި މަސް މާރުކޭޓަކީ ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ރޯދަމަހަށް ހާއްސަ ކޮށްގެން އެބކޯޕަރޭޝަނުން ހުޅުވާ ފުރަތަމަ މަސްމާރުކޭޓެކެވެ. މި މަސްމާރުކޭޓަކީ ފަރުމަސް ބާނާ ފަރާތްތަކަށް ހާއްސަކުރެވިގެން ހުޅުވިފައިވާ މަސްމާރުކޭޓެކެވެ.

މަސް މާރުކޭޓުގެ އިތުރުން، އެ ކޯޕަރޭޝަނުން ވަނީ ހިޔާ ސަރަހައްދުގައި ލޯކަލް މާރުކޭޓެއްވެސް ހުޅުވާފައެވެ. އެ ލޯކަލް މާރުކޭޓުގެ ގޮޅިތައް މިހާރު ވަނީ ހަވާލުކުރެވިފައެވެ. އެޗްޑީސީން ވިދާޅުވީ ރޯދަ މަހުން ފެށިގެން ދެމަސް ދުވަހަށް އެ މާރކެޓް ކުރިއަށް ދާނެ ކަމަށެވެ.

މި މާރުކޭޓު ހުންނާނީ ހިޔާ ފްލެޓް 1, 2 އަދި ވިނަރެސް 9،10 ހުންނަ ސަރަހައްދުގައެވެ. މި މާރުކޭޓުގެ ބޭނުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މޭވާ އަދި ތަރުކާރީ އަދި އެހެނިހެން ބާވަތްތައް ފަސޭހަކަމާއިކު ލިބޭނެ ގޮތް ހަމަޖެއްސުމެވެ.

އެޗްޑީސީން ވިދާޅުވީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލޭގައި ގިނަ ހިދުމަތް ގާއިމްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް ކަމަށެވެ. މި ރޯދަ މަހުގައި ހުޅުމާލެގައި ދިރި އުޅޭ ފަރާތްތަކަށް ވީހަވެސް ފަސޭހަވާނެހެން ކަންތައް ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!