ޚަބަރު

ނައިބު ރައީސް ހިލާލީގެ އަށް ބަދަލުވެވަޑައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސްގެ ނައިބުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ހާއްސަކޮށްފައިވާ ރަސްމީގެކޮޅު، ހިލާލީގެގަށް ރައީސް ޑރ. މުއިއްޒުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ބަދަލުވެވަޑައިގެންފިއެވެ.

Ads by STELCO

"ދެން"އަށް މަޢުލޫމާތު ދެއްވަމުން ނައިބު ރައީސް ވިދާޅުވީ ހިލާލީގެއަށް ބަދަލުވެވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އެމަނިކުފާނު ހިލާލީގެއަށް ބަދަލުވުން ލަސްވީ ހިލާލީގޭގެ މަރާމާތް ކުރުން ކުރިއަށްދާތީއެވެ.

ހިލާލީގެ އަށް ބަދަލުވެވަޑައިގަތުމާ ހަމައަށް ނައިބު ރައީސް އާއި އެ މަނިކުފާނުގެ އާއިލާ ދިރިއުޅުއްވީ މެމްބަރުކަމުގައި ހުންނެވި ދުވަސްވަރު ވެސް އުޅުއްވި ގޭގައެވެ.

އޯކިޑް މަގުގައި ހުންނަ ހިލާލީގެއަކީ ނައިބު ރައީސަށް ހާއްސަ ގެކޮޅެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!