Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސަރުކާރު ގެންނަން ވޯޓު ދިން ގިނަ މީހުން ތިބީ މާޔޫސްވެފައި: ޝާހިދު

ސަރުކާރު ގެންނަން ވޯޓު ދިން ގިނަ މީހުން ތިބީ މާޔޫސްވެފައި: ޝާހިދު

މި ސަރުކާރު ވެރިކަމަށް ގެންނަން މަސައްކަތްކުރި ގިނަ މީހުން ތިބީ މާޔޫސްވެފައި ކަަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް ޝާހިދު ގެންދަވަނީ އަތޮޅުތަކަށް ދަތުރު ކުރައްވަމުންނެވެ.

މަހިބަދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ކާމިޔާބުކުރެއްވި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ދަރިކަލުން އަހުމަދު މުއާޒް ޖާބިރުއަށް ތާއިދު ހޯއްދެވުމަށް އެ ދާއިރާގެ ރަށްތަކަށް ޝާހިދު މިއަދު ވަޑައިގަންނަވާނެއެވެ.

Advertisement
Ooredoo — Square (box)

ފޭސްބުކް އަދި އެކްސް ގައި އެކު އެކީގައި ކުރެއްވި ޕޯސްޓެއް ގައި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، މުއާޒު އަށް ތާއިދު ހޯއްދެއްވުމަށް މިއަދާއި, މިރޭ އެ ދާއިރާގެ ރަށްތަކަށް ދަތުރު ކުރައްވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ‏ގައުމުގެ މިސްރާބު ހަމަ މަގަށް ގެންދިޔުމަށް އެމްޑީޕީން ''މަޖިލިސް 20'' އަށް ކުރަމުންދާ ކެމްޕޭނުގައި ވަޑައިގަތް ހުރިހާ ސަރަހައްދަކުންވެސް ފެނުނީ ސަރުކާރާ މެދު ހިތްހަމަ ނުޖެހިފައިވާ މަންޒަރު ކަމަށެވެ.

''މިއަދުގެ ސަރުކާރު ގެނައުމަށް ވޯޓު ދެއްވި ގިނަ ބޭފުޅުންވެސް މާޔޫސްވެފައިވާތަން'' ޝާހިދުގެ ރަސްމީ އެކައުންޓުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އެހެންވެ ޝާހިދު، ގޮވާލީ މަޖިލީސް އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓުން ހޮވައި ދިނުމަށެވެ. މި އިންތިހާބުގައި އެމްޑީޕީން ގެންގުޅޭ ޝިޔާރަކީ ''މިސްރާބު ހަމަ މަގަށް'' އެވެ. ގާތްގަނޑަކަށް 50،000 އެއްހާ މެންބަރުންގެ މައްޗަށް އެކުލެވޭ އެމްޑީޕީން ބުނާ ގޮތުގައި މި ސަރުކާރުން ދަނީ ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލަމުންނެވެ.

ރިޔާސީ ކެމްޕޭނު ތެރޭގައި ރައީސް ޑރ މުހައްމަދު ވެވަޑައިގެންނެވި ވައުދުތައް ފުއްދިފައިނުވާ ކަމަށާއި އެމަނިކުފާނު ގެންދަވަނީ ކޮންމެ ކަމެއްގައިވެސް އިތުރުފުޅު ހައްދަވަމުން ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ. މިދިޔަ ފަސް އަހަރުވެރިކަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ގެންދަވަނީ ޕޯޑިއަމްތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ސަރުކާރު ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުކޮށްފިނަމަ އަނިޔާވެރިކަން އަލުން އިޔާދަވެދާނެ ކަމަށް ސޯލިހު ވިދާޅުވެއެވެ.

އެއާ ހިލާފަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވަނީ އެމަނިކުފާނުގެ މެނިފެސްޓޯ ތަންފީޒު ކުރެވޭނީ ސަރުކާރުގެ ކެންޑިޑޭޓުން އިންތިހާބު ކޮށްގެން ކަމަށެވެ.

މި އިންތިހާބުގައި 368 ކެންޑިޑޭޓަކު ވާދަކުރާއިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ. މި ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު ވާދަކުރެއެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ނެރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް