ޚަބަރު

އަހަރުގެ މިހާތަނަށް 13.92 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި-..

ރާއްޖެ އެތެރެކުރަން އުޅުނު 13.92 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

Ads by STELCO

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 1 ޖަނަވަރީ 2024 އިން 31 މާރިޗް 2024 ގެ ނިޔަލަށް، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް 13.92 ކިލޯގެ މަސްތުވާތަކެތި ވަނީ ހިފަހައްޓާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ތެރޭގައި ހިމެނެނީ 6.5 ސިންތެޓިކް ކެތިނޮންސް, 5.3 ކިލޯގެ ހެރޮއިން، 1.1 ކިލޯގެ އެމްޑީއެމްއޭ އަދި 570 ގްރާމުގެ މެތް އަދި 350 ގްރާމްގެ އެމްފެޓަމިންއެވެ.

ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަނީ ވައިގެ މަގުންނެވެ. މިކަމަށް ހައްލެއް ގެނައުމަށް ފުލުހުންގެ މޮނިޓަރިން އެއާޕޯޓުގައި ހަރުދަނާ ކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!