ޚަބަރު

ވަޒީރު އިހުސާނާއި ފުލުހުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ, މައްސަލަ އެޖެންޑާކޮށްފި

އައިކާ ޔުނާން ، ދެން އޮންލައިން
ހޯމް މިނިސްޓަރު އަލީ އިހުސާން

ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި, ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާނާއި ފުލުހުންގެ އިސްވެރިންތަކެއް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނާ މައްސަލައެއް ބަލަން ކްރިމިނަލް ކޯޓުން އެޖެންޑާކޮށްފިއެވެ.

Ads by MWSC

ކްރިމިނަލް ކޯޓުން މިއަދު ބުނީ އިހުސާނާއި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިޓެންޑެންޓް އަޙްމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަޙްމަދު ވަހީދު އަދި ސަބްއިންސްޕެކްޓަރު މަމްދޫޙް ޙަސަން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ކޯޓު ހުރުމަތް ކަނޑާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފަނޑިޔާރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އަންނަ ބުދަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.

މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގެ ތެރެއިން 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވުނު ތިން މީހުންގެ ތެރެއިން ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން, އެ މައްސަލައިގެ ތަހުގީގާ ގުޅޭ ހުރިހާ ތަފްސީލެއް ފުލުހުން ބޭއްވި ޕްރެސްގައި ވަނީ އާންމުކޮށްފައެވެ.

މިއީ ވަޒީރު އިހުސާންގެ ލަފާފުޅުގެ ދަށުން ނިންމާފައިވާ ނިންމުމެމެވެ. އަދި, ކުރިއަށް އޮތް ތަނުގައި ވެސް މިގޮތަށް އަމަަލުކުރަން ވަނީ ނިންމައިފައެވެ.

ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑްރަގް ޓްރެފިކް ކުރިކަމަށް ތުހުމަތުވާ މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދު މައްޗަށެވެ.

މި މައްސަލައިގައި މައްސަލަ ސާބިތުވެފައިވަނީ ޒުބައިރުގެ މައްޗަށް އެކަންޏެވެ.

Ads by HDC
  1. ފަސްމު

    ކޯޓް ހުރުމަތް ކަނޑާ މީހުންނަށް ފިޔަވަޅު އެޅުން މުހިންމު ނިންމުމެއް އުފާވެރި ހަބަރެއް.މުސްލިމް ގައުކަމަށްވާތީ އުސޫލާ އެއްގޮތައް އަދަބު ލިބެނވާނެ. އަދި ހަމަ ތިކޯޓްގެ ނިންމުމަށް މީޑިޔާގާ ހަރާން ކުމުމޭކީ ފުނަދޫ މިހާރު ކުރިމަތިލާ އަދުރޭ އަށް ވެސް ފިޔަވަޅޫ އެޅުމަކީ ވެސް ކޮބްމެހެން ކުރަންޖެހޭ ކަމެއް. ކުރިމަގުގާ އެޅިގެންދާނެ ރަގަޅު އަލިމަގެއް. އުންމީދުކުރައް ކޮމެންޓް ޖަހާނެ ކަމަށް

  2. ފޭކް

    ބިރުން ކޮނެންޓް ވެސް ނުކެރޭ ޖަހާލަން. ހަގީގަތް ލިޔުނީމަ . އޯކޭ ނުލިޔުނަސް