ޚަބަރު ސިޔާސީ

ޖަލުގައި ވެސް ކުރި މަސައްކަތަކީ ރައީސް މުއިއްޒަށް ވޯޓު ހޯދައިދިނުން: ޔާމީން

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ރައީސް ޔާމީން: ޖަލުގައި ވެސް ކުރެއްވި މަސައްކަތަކީ މުއިއްޒުއަށް ވޯޓު ހޯދުން ކަމަށް ވިދާޅުވި. - ފޮޓޯ: ދެން އިމޭޖަސް

ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ވެސް ކުރެއްވި މަސައްކަތަކީ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވޯޓު ހޯދައިދިނުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ރޭ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އޮފީހުގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

އެމަނިކުފާނަށް ދަށު ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ދިޔައީ މާފުށި ޖަލުގައި ވެރިންނަށް ހާއްސަ ކުރެވިފައިވާ ޔުނިޓުގައެވެ. ޔާމީން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް މުއިއްޒު ވާދަކުރެއްވުމުން، ކެމްޕޭން ކޮށްދެއްވި ކަމަށާއި، ޖަލުން އެވަރަށް ތާއީދު ލިބުނު ކަމަށެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ، ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެތަނުގައި މަސައްކަތްކުރަމުންދާ އެކި ރަށްރަށުގެ ސެކިއުރިޓީ މުވައްޒަފުންނާއި ބައްދަލުވި ކަމަށެވެ. އަދި އެ ސެކިއުރިޓީއިން މެދުވެރިކޮށް، އެމީހުންގެ ރަށްރަށުގައި ވެސް ރައީސް މުއިއްޒުއަށް ކެމްޕޭން ކޮށްފައިވާ ކަމަށާއި، އެއީ ''ރައީސް ޔާމީނާއި ބައްދަލުވުމުން އެމީހުންނަށް އެމަނިކުފާނުގެ ގޮތް އެނގުމުން'' ކޮށްދިން ކެމްޕޭނެއްކަން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެއީ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުއަށް ލިބިވަޑައިގެންނެވި ބޯނަސް އެއް ކަމަށެވެ.

އަޅުގަނޑު ހުންނަ ގެއަށް ނުވަތަ ކޮޓަރިއަށް އެކި ކަންކަމުގައި ބައިވަރު ސެކިިއުރިޓީ ކުދިންތައް ޒިޔާރާތްކުރޭ. އެކި ރަށްރަށުގެ ކުދިން. އެމީހުންނަށް ފުރަތަމަ ރައީސް ޔާމީން އަކީ ކާކު ކަމެއް ނޭންގެ. އެމީހުންނަށް އިވިފައި އޮންނަ ވާހަކައާއި، ރައީސް ޔާމީނާއި ބައްދަލު ވީމަ ވަރަށް ތަފާތު. ހާދަ ކެމްޕޭނެއް އެމީސް މީހުން  އެމީހުންގެ ރަށް ރަށުގައި ކޮށްދިނޭ. އެއީ ބޯނަސް އިނގޭތޯ

ޖަލުގައި ކެމްޕޭން ކުރެއްވި ކަމަށް ވިދާޅުވީ ނަމަވެސް، އެ މަނިކުފާނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖަލަށް ވޯޓުލާން ރެޖިސްޓްރީ އެއް ނުކުރައްވައެެވެ. ވޯޓު ލާން ރެޖިސްޓްރީ ކުރެއްވީ ދެވަނަ ބުރާއި ދިމާކޮށެވެ. އެ ބުރުގައި ވޯޓުވެސް ލެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންތހާބުގެ ދެވަނަ ބުރުގައި މާފުށި ޖަލުތަކުގައި ބެހެއްޓި ދެ ފޮށިންވެސް ކުރި ހޯއްދެވީ ރައީސް މުއިއްޒުއެވެ.  އެއް ފޮށިން 60 އިންސައްތަ އަދި އަނެއް ފޮށިން 71 އިންސައްތަ ވޯޓު ރައީސް މުއިއްޒު ވަނީ ހޯއްދަވާފައެވެ.

Ads by HDC
  1. ކޮޔާ

    އިންސާނެއްގެ ދޫ ހަޑިވާނީ މިހާވަރަކަށް މީ ގައުމަށް ހެޔޮއެދޭ މީހެއްނޫން