އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އުނައިސް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަބްދުﷲ އުނައިސް އައްޔަންކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އުނައިސް އައްޔަންކުރަން ކޮމިޝަންގެ މެންބަރުން މިއަދު ނިންމަވާފައިވާ ކަމަށެވެ.
އުނައިސް މިހާތަނަށް ހުންނެވީ އީސީގެ ޑިރެކްޓަރެއްގެ މަގާމުގައެވެ. އިލެކްޝަންސް ކޮމިޝަނާ އުނައިސް ގުޅުނީ 15 ނޮވެމްބަރު 2005ގައެވެ.
އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިި ހުންނެވި ހަސަން ޒަކަރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.