ޚަބަރު

ޔާޔާ ނަބީލްގެ ބަންދަށް 15 ދުވަސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ސޯޝަލް މީޑިއާގައި އަންހެން ހެދުން އަޅައިގެން ވީޑިއޯ އާއްމު ކުރަމުން އަންނަ ފިރިހެނެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް)ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

Ads by STELCO

ޔާޔާ ނަބީލް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމު ކުރަމުންދާ މައްސަލައިގައެވެ.

ފުލުހުން ވިދާޅުވީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ފަހަކަށް އައިސް އަންހެން ހެދިގެން ޓިކްޓޮކް ކުޅެމުންދާތީ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. މީގެ ކުރިންވެސް ފުލުހުން ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައެވެ. އޭރު އޭނާގެ މައްޗަށް ފުލުހުން ވަނީ އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ކާޑު ހެދުމުގެ ދައުވާކޮށްފައެވެ.

Ads by Allied Insurance
  1. ޞާބިރާ

    ޔާރާ ފެމެލީވެސް ހައްޔަރު ކުރަންވީ. ބައިސްކޯފުގައި “ޔާރާ” ނަމަކަށް ކިޔާ ސީރީޒްއެއް ހަދައި މީހުން ވަރަށް ކުރު ހެދުން ލައްވާފައި ތިބެނީ. އަދި ޒިނޭ ކުރުމަށް ހިތްވަރުދޭ މަންޒަރު ތަކާއި ބަސްތައް އެ ސީރީޒްގައި ދަނީ ބޭނުން ކުރަމުން. އެކި ފަހަރު އެކި މީހުން އެކީ ޖިންސީގުޅުން ހިންގަންވާނެ ކިޔައި މީހުނަށް ހިތްވަރު ދެމުން އެ ސީރީޒްގައި ދަނީ ދެމުން