Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ތިން ގައުމަކަށް ކަނޑައެޅި ސަފީރުންނަށް ރުހުން ދީފި

ތިން ގައުމަކަށް ކަނޑައެޅި ސަފީރުންނަށް ރުހުން ދީފި

ތިން ގައުމަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންގެ މަގާމަށް އައްޔަން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ތިން ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދޭން ފާސްކުރީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް, ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އައްޑޫ ހިތަދޫ އަސަރީގެ، ޝިއުނީ ރަޝީދު, ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރުގެ މަގާމަށް ނ. ހޮޅުދޫ، އުފަންވެލި، މުހައްމަތު ތޯހާއަށެވެ.

އެ ތިން ބޭފުޅުން އެ ގައުމުގެތަކުގެ ސަފީރު ކަމަށް ރުހުން ދޭން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ފަޒީލް އާއި ޝިއުނީންގެ ނަން ފާސްވީ ،35 ވޯޓުންނެވެ. ތާހާއަށް ލިބިވަޑައިގެންނެވީ 33 ވޯޓެވެ.

Advertisement
Ooredoo — Square (box)

އެ ތިން ބޭފުޅުންނަށް ރުހުން ނުދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް