ޚަބަރު އެޑްވަޓޯރިއަލް ވިޔަފާރި

އުފާ ފެސްޓިވަލުގައި މޫލީއާއި އެކު މިއުސް، އޯލާ އަދި ވީއީއޭއެމްގެ ސްޓޯލްތައް!

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ބާއްވާ އުފާ ފެސްޓިވަލުގައި މޫލީއާއެކު މޫލީގެ ޕާޓްނަރުން ކަމުގައިވާ މިއުސް، އޯލާ އަދި ވީއީއޭއެމް ބައިވެރިވާނެއެވެ.

Ads by MWSC

ރާއްޖޭގައި އެންމެ މަގުބޫލު އެއް އާޓް ސްޕްލައި ފިހާރަ ކަމަށްވާ މިއުސްގެ ފަރާތުން ކުޑަކުދިންނަށް ހާއްސަ އާޓް ހަރަކާތްތަކެއް ސްޓޯލްގައި ކުރިއަށްދާނެއެވެ. ކުރެހުމާއި ކުލަޖެއްސުމަށް ޝައުގުވެރިވާ ކުދިންނަށް ހާއްސަ ހަރަކާތްތަކެއް އޮންނާނެއެވެ.

ހަމަ މިއާއެކު ކުޑަކުދިންގެ ވާހަކަ އެޕްލިކޭޝަން "އޯލަ" ގެ ޓީމުގެ ފަރާތުން ދިވެހި ވާހަކަ ކިޔުމާއި އެޕް ބޭނުންކޮށްގެން ދިވެހި ވާހަކައިގެ ދުނިޔެއަށް ކުދިން ތައާރަފުކޮށްދިނުމުގެ ހަރަކާތްތައް ވެސް މި ފެސްޓިވަލް ތެރޭގައި ބާއްވާނެއެވެ.

ވީއީއޭއެމް ނުވަތަ އަންހެން ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވެސް މި ފެސްޓިވަލުގައި މޫލީއާއެކު ބައިވެރިވާނެއެވެ. އަދި އަންހެން ވިޔަފާރިވެރިވެރިންގެ ގިނަ އުފެއްދުންތަކެއް މި ސްޓޯލްތަކުން ލިބިގެން ދާނެއެވެ. މީގެ ތެރޭގައި ކާބޯތަކެތި އަދި އެކިކަހަލަ އާޓްސް އެންޑް ކްރާފްޓްސް ހިމެނެއެވެ.

އުރީދޫ މޯލްޑިވްސްއާއި، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އަދި އެޗްޑީީސީ ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެ ދުވަހަށް ދެމިގެންދާ ފެސްޓިވަލެއް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

"އުފާ ފެސްޓިވަލް" ކުރިއަށްދާނީ 10 އަދި 11 މޭ 2024ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު 4ން 6ށް އަދި ރޭގަނޑު 8ން 10ށެވެ.

Ads by Ooredoo
  1. ކާލި

    ޔަހޫދީ ވިޔަފާރި ތަކުން ފަންޑު ކޮށްގެން ހިންގާ މިފަދަ ފެސްޓިވަލް ތަކުގައި ބައިވެރި ނުވާންވީ، މިއަދު ފަލަސްތީން ބިމުގައި ހިންގާ ޤަތުލް އާންމު ނުފެންނަ މީހުން ތިޔައުޅެނީ !އިސްރާއީލް ބަލި ކުރެވޭނީ މުސްލިމް ވިޔަފާރިވެރިން ޔަހޫދީން ނާއި އެކު ކުރަމުންދާ ސިއްރު ވިޔަފާރިތައް ހުއްޓާލާ އެފަދަ ވިޔަފާރިތައް ހުރިހާ މުސްލިމުން ބޮއިކޮޓް ކޮށްގެން !

  2. އދ ޔޫއެންޑީޕީ ޔުނިސެފް ވޯލްޑު ބޭންކް މިއީ ރީތި ނަންނަމުގައި އިސްލާމް ދީނާއި ހަނގުރާމަކޮށް މުސްލިމުންގެ ބިންތަކަށް ޔަހޫދީން ވެރިވެގަތުމަށް ޔަހޫދީން ފަންޑުކޮށްގެން ހިންގާ ޓެރެރިސްޓް މާފެޔާ އޮގަނައިޒޭޝަން ތަކެއް ! މިމީހުންގެ ހުރިހާ ހަރަކާތެއް މުސްލިމުން ބޮއިކޮޓް ކުރަންވީ !