ކުރީގެ މެމްބަރު ޙުސައިން މުޙައްމަދު އަވަހާރަ ވެއްޖެ

ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ޙުސައިން މުޙައްމަދު އަވަހާރަ ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޙުސައިން މުޙައްމަދު އަވަހާރަވީ ރޭގެ ދަންވަރުގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގައި ވެސް ގިނަ މަސައްކަތެއް ކުރެއްވި ޙުސައިން މުޙައްމަދުގެ ކުއްލި ވަކިވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކޮށް އާއިލާއަށް ތައުޒިޔާ ރައްދު ކުރަމުންނެވެ.
މަރުޙޫމް ޙުސައިން މުޙައްމަދުގެ ފުރާނައަށް ރަޙުމަތް ލައްވާށިއެވެ. އެ މައްޔިތާގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ