ޚަބަރު ސަރުކާރު

މާލެ ސަރަހައްދުގައި ވެމްކޯ އިން ނަގާ ގޭޓްފީ 500 ރުފިޔާއަށް ކުޑަކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ ސަރަހައްދުގައި ޓްރާންސްފާ ސްޓޭޝަންތަކަށް ނަގާ ގޭޓްފީ ކުޑަކޮށްފި އެވެ.

Ads by STELCO

ވެމްކޯ އިން ކުރި އިއުލާނެއްގައި ބުނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އާންމުންނާއި ކުދި ވިޔަފާރިތަކާއި ވިޔަފާރި އުސޫލުން ކުނިއުފުލުމުގެ ހިދުމަތް ފޯރިކޮށްދޭ ފަރާތްތަކުން ޓްރާންސްފާ ސްޓޭޝަންތަކަށް ގެންނަ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ 500 ރުފިޔާއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި ޓްރާންސްފާ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުންދިޔަ 150ރ. ގެ ގޭޓް ފީ ވެސް އެ ދުވަހުން ފެށިގެން ނެގުން ހުއްޓާލާފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ.

ގެތަކުން ނެރޭ ބޮޑެތި ކުނިތައް ވެމްކޯގެ ޕިކަޕްތަކުގައި އުކާލަން މީގެ ކުރިން ނަގަމުން އައީ 750 ރުފިޔާއެވެ.

ވެމްކޯއިން ވިދާޅުވީ މާލެ ސަރަހައްދުގެ ހުރިހާ ޓްރާންސްފާ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް ނުވަތަ ވެއި ބްރިޖް ގާއިމުކުރެވެންދެން މާލެ ޓްރާންސްފާ ސްޓޭޝަންގައި ބަރުދަން ބަލައި އަގު ނެގުން ވެސް ހުއްޓާލާފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!