ޚަބަރު ސިޔާސީ

އީރާނުގެ ރައީސް އަވަހާރަވުމާ ގުޅިގެން އެމްޑީޕީން ތައުޒިޔާ ކިޔައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އިރާނުގެ ރައީސް އިބްރާހިމް ރައީސީ

އީރާނުގެ ރައީސް އިބްރާހިމް ރައީސީ އާއި ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުﷲ އަވަހާރަވުމާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ތައުޒިޔާ ކިޔައިފި އެވެ.

Ads by Hajj Corporation

އެޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ ރައީސާއި ފޮރިން މިނިސްޓަރު އަވަހާރަވުމާ ގުޅިގެން އީރާނު ސަރުކާރަށާއި އެގައުމުގެ ރައްޔިތުންނަށް އެޕާޓީން ފުން ތައުޒިޔާއެއް ކިޔާ ކަމަށެވެ.

އަދި އެމްޑީޕީން ވަނީ ދެ ބޭފުޅުންގެ ފުރާނައަށް ޖައްނަތުލް ފިރުދައުސްގައި، ﷲ ސުބުހާނަހޫ ވަތައާލާ ބަރަކާތް ލެއްވުން އެދި ދުއާކޮށްފަ އެވެ. އީރާނަށް ކުރިމަތިވި ގައުމީ މުސީބާތުގެ މި ދަނޑިވަޅުގައި ދެ ބޭފުޅުންގެ އާއިލާއަށާއި އީރާނުގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވުމަށްވެސް އެމްޑީޕީގެ ދުއާގައި ވަނީ ބުނެފަ އެވެ.

ރައީސް އިބްރާހިމް ރައީސީ އާއި މިނިސްޓަރު ހުސައިން އަމީރު އަބްދުﷲ އަވަހާރަވީ އެދެބޭފުޅުން ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރެއް ވެއްޓި ހިނގި ހާދިސާގަ އެވެ. އެ ހާދިސާ ހިނގީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގަ އެވެ.

ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދަމަތީގެ ހިސާބަކަށް ވުމުގެ އިތުރަށް މޫސުން ގޯސްވުމުގެ ސަބަބުން، ހެލިކޮޕްޓަރާ ހަމައަށް ރެސްކިއު ޓީމުތައް ދާން އެތައް ގަޑިއިރެއް ހޭދަވި އެވެ. ހެލިކޮޕްޓަރު ވެއްޓުމުގެ ކުރިން ހެލިކޮޕްޓަރަށް މައްސަލަ ދިމާވި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ހެލިކޮޕްޓަރު ވެއްޓުނު ތަން ހޯދުނީ ތުރުކީގެ ޑްރޯނެއްގެ އެހީތެރިކަމާ އެކު އެވެ. މި ހާދިސާ ހިނގިތާ 15 ގަޑިއިރެއްހާ އިރު ފަހުން، އެ ހެލިކޮޕްޓަރާ ހަމައަށް ދެވުނު އިރު، ހެލިކޮޕްޓަރު އެކީގައި އަނދާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުންޏެވެ.

އަދި ހެލިކޮޕްޓަރުގައި ދަތުރުކުރެއްވި އެއްވެސް ބޭފުޅަކު ސަލާމަތްވި ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް އިރާނުގެ ދައުލަތުގެ މީޑިއާއިން ބުނެ އެވެ.

Ads by Allied Insurance
  1. ވިސްްނާ

    انالله وانااليه راجعون
    اللهم اغفرله وارحمه وعافه واعف
    عنه