ޚަބަރު

އިޒްރޭލާ ދެކޮޅަށް ތެދުވަން ލިބުނު ފުރުސަތު ބޭނުންކުރަން ޖެހޭ: އެމްޑީޕީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް ތެދުވުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފަންޖެހޭ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

Ads by Hajj Corporation

ގާތްގަނޑަކަށް 50 ހާހެއްހާ މެންބަރު ތިބޭ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ ރަފާހުގައި އިޒްރޭލުން ދެމުން ގެންދާ އަސްކަރީ ހަމަލާތައް ހުއްޓުވައި، ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށް އައިސީޖޭއިން ނެރުނު އަމުރު ތަންފީޒު ކުރުމަށް އިއްޔެ އެ ޕާޓީން ނެރުނު ބަޔާނުގައި ގޮވާލިއެވެ.

އަދި ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުއައްސަސާތަކުން އަމަލުކުރަންޖެހޭ ކަމަށް އައިސީޖޭއިން ނެރުނު އަމުރުގައި ބުނެފައިވާ ކަމަށާއި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހީވެސް ނުކުރާ ފަދަ އަނިޔާވެރި އަމަލުތައް ދެމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވެފައި އޮންނަތާ ގިނަ ދުވަސްތައް ވެފައިވާ ކަމަށާއި އިޒްރާއީލް ކުށްވެރިކޮށް އަޑުއުފުލައި، އައިސީޖޭގެ ހުކުމް ތަންފީޒު ކުރުމަށް ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން މި ފުރުސަތުގެ ބޭނުން ހިފަން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

އައިސީޖޭއިން އިއްޔެ ނެރުނު އަމުރުގައި ރަފާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރަފާ ބޯޑަރު ހުޅުވާލުމަށް އަމުރުކޮށްފައިވެއެވެ. އެ މައްސަލަ އައިސީޖޭއަށް ހުށަހެޅީ ދެކުނު އެފްރިކާއިންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!