ޚަބަރު

ވިނަރެސް ފްލެޓެއްގެ ލިފްޓުގައި ތާށިވި ކުއްޖަކު ސަލާމަތްކޮށްފި

އައިކާ ޔުނާން ، ދެން އޮންލައިން

ހުޅުމާލޭ ފޭސް ދޭއް ސަރަހައްދުގައި ހުންނަ ވިނަރެސް ފްލެޓުތަކުގެ ލިފްޓެއްގައި ތާށިވި ކުއްޖަކު ސަލާމަތްކޮށްފި އެވެ.

Ads by STELCO

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން މިއަދު ފޭސް ދޭއް ސަރަހައްދުގައި ހަރަކާތްތެރިވުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވީ ލިފްޓުގައި ކުއްޖާ ތާށިވެގެން ފަޔާ ޑިޕާޓްމެންޓުން ހަރަކާތްތެރިވި ކަމަށެވެ.

އެ ކުއްޖާ މިހާރު ސަލާމަތް ކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި ހާދިސާ އާ ގުޅޭ އިތުރު މާ ބޮޑު ތަފްސީލެއް އެމްއެންޑީއެފުން ހިއްސާކޮށްފައިނުވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!