ދީން

މީސްމީޑިއާގައި ދެ ރަޙުމަތްތެރިން އަރައިރުންވާތަން ފެނިއްޖެނަމަ ޞުލްޙަކުރާ މީހަކަށް ވޭ: ޢުމަރު ސުލައިމާން

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މީސްމީޑިއާއާއި އެހެނިހެން ވަޞީލަތްތަކުގައި އޮންލައިންކޮށް ދެމީހަކު އަރައިރުންވާނަމަ އެދެމީހުންނާއި ވަކިން ވާހަކަ ދައްކާ ޞުލްޙަ ކުރުމަށް ޝައިޚް ޢުމަރު ސުލައިމާން ނަސޭޙަތްތެރިވެއްޖެއެވެ.

Ads by Hajj Corporation

ފަލަސްތީންގެ އާއިލާއަކަށް ނިސްބަތްވާ އެމެރިކާގެ މަޝްހޫރު ޝައިޚް ޢުމަރު ޓްވިޓާގައި ދެއްވި ނަސޭޙަތެއްގައި ވިދާޅުވީ އެފަދަ އަރައިރުންވުންތަކުން އެ ހަލާކު ކުރެވެނީ އެމީހުންގެ އަމިއްލަ ނަފުސްތައް ކަމަށެވެ.

"ދެ ރަޙުމަތްތެރިއަކު އޮންލައިންގައި އަރައިރުންވާ ތަން ފެނިއްޖެނަމަ ، ވަކީން އެމީހުންނާއި ވާހަކަ ދައްކާ އެ ދެމީހުންނާއި އެ އަރައިރުންތަކުގައި ބައިވެރިވާ އެހެން މީހުން ، އެމީހުންގެ ނަފުސްތަކަށް އިތުރަށް ގެއްލުން ނުދީ ސުލްޙަ ކުރާ މަތިވެރި މީހަކަށްވޭ" ޝައިޚް ޢުމަރު ވިދާޅުވިއެވެ.

މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ތަޢުލީމު ޙާޞިލް ކުރެއްވި ޝައިޚް ޢުމަރު ސުލައިމާނަކީ ދީނުގެ ދަޢުވަތު ފެތުރެއްވުމުގައި ވަރަށް ޙަރަކާތްތެރި ބޭފުޅެކެވެ. އެ މަސައްކަތް ކުރެއްވުމަށްޓަކައި އެމަނިކުފާނު ވަނީ ''ޔަގީން އިންސްޓްޓިޔުޓް''ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދާފައެވެ. އެ ޖަމްޢިއްޔާއިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުގައި އެކި އެކި ޙަރަކާތްތައް ހިންގާފައެވެ.

ޔަގީން އިންސްޓްޓިޔުޓުން ނެރުނު ''އިންސްޕިރޭޝަން ސީރީސް" ވީޑިއޯތަކަކީ ދިވެހީންގެ މެދުގައި ވެސް މަގުބޫލުކަމެއް ހޯދާފައިވާ ވީޑިއޯތަކެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!