ޚަބަރު

މި މަހުގެ 20 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މި މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުން ބުނީ ކުރިން ހަމަޖެހިފައިވާ ގޮތުން މި މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ ބަންދު ދުވަހެއް ކަމުގައި ބަލައިގެން ގިނަ އަދަދެއްގެ މުވައްޒަފުން އީދު ބަންދުގައި ރާއްޖެއިން ބޭރަށާއި އަދި ރަށްރަރަށް ދަތުރުރުތައް ހަމަޖައްސާފައިވާ ކަމަށެވެ.

އެހެންކަމުން އީދު 20 ވަނަ ދުވަހު ސަކުރާކުގެ އޮފީސްތައް ހުޅުވައިފިނަމަ، ވަރަށް ގިނަ މުވައްޒަފުންނަށް ދަތިވާނެ ކަމަށް ފެންނިވަޑައިގަންނަވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭނީ މި މަހުގެ 23ވާ އާދިއްތަ ދުވަހުއެވެ.

މި އަހަރުގެ ޢަރަފާތު ދުވަހަކީ މި ހިނގާ ޖޫންމަހުގެ 15ވާ ހޮނިހިރު ދުވަހެވެ. އަދި އަޟްޙާ ޢީދު ދުވަހަކީ 16 ޖޫންވާ އާދިއްތަ ދުވަހެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!