ދުނިޔެ

ވަގަކާ ކުރިމަތިލި 15 އަހަރުގެ ކުއްޖާ؛ ތިއީ އަހަރެންގެ ބައްޕަ އަހަރެން ކިޔަވަން ގަނެދިން ފޯނެއް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިންޑިޔާގެ ބޮޑެތި ނޫސްތަކުގެ ފަލަ ސުރުޚީއިން މިއަދު ޖާގަ ހޯދީ އުމުރުން 15 އަހަރުގެ ކުސުމް ކުމާރީއެވެ. ވަގަކާ ކުރިމަތިލާ، ކާމިޔާބު ހޯދުމުންނެވެ.

Ads by Sosun Fihaara

ކުސުމްއަށް މިކަންތަކާ ކުރިމަތިވީ، އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް އޭނާ ޓިއުޝަނަށް ދާ މަގުން ހިނގާފައި ދަނިކޮށެވެ. މި ލޫޓްވުން ހިނގި ހާދިސާގެ ސީސީޓީވީ ފުޓޭޖެއް މިހާރު ދައުރުވަމުން އަންނައިރު, މިވީޑިއޯއިން ފެންނަ ގޮތުގައި ކުސުމް ވަނީ ސައިކަލެއްގައި އޭނާ ލޫޓުވަން މަސައްކަތް ކުރި މީހާ ހުއްޓުވާފައެވެ.

ފޯން ޖަހައިގަންނަން މަސައްކަތް ކުރުމުން، އެކަމަށް ހުރަސް އަޅާ، ވަގު ކަލޭގެ ގައިގައި ޖަހާތަން ވީޑިއޯއިން ފެނެއެވެ. މިއާއެކު، މިވަގު ކަލޭގެ ވަޅިއެއް ނަގައި ކުސުމް ޒަހަމްކޮށްލިއެވެ. ދެވަނަ ފަހަރަށް ފޯން ޖަހައިގަތުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ލެއާ ތަތްތެޅިގެން ހުރެ ވެސް ކުސުމް ވަނީ އޭނާގެ ފޯން ވަގު ކަލޭގެ އަތުން ސަލާމަތްކޮށްފައެވެ.

އިރުކޮޅެއް ނުވަނީސް އެތަނަށް ގިނަ ބަޔަކު ޖަމާވެއެވެ. އަދި ވަގު ކަލޭގެ ހިފަހައްޓައެވެ.

ކުސުމްއަށް މިހާރު ހޮސްޕިޓަލުގައި. ފަރުވާދެމުން އަންނައިރު، އޭނާ ބުނެފައިވަނީ، އޭނާއަކީ ފިނޑިއެއް ނޫން ކަމަށާއި އަންހެނުންނަކީ ފިނޑިން ކަމަށް ޤަބޫލު ކުރާ ފަރާތްތަކަށް މިއަދު އޭނާ ވާނީ މިސާލު ދައްކާފައި ކަމަށެވެ.

އެހާ ފަސޭހައިން ފޯނު ދޫނުކުރި ސަބަބާ ބެހޭ ގޮތުން ކުސުމް ބުނީ އޭނާގެ ފޯނަކީ ބައްޕަ ގަނެދިން ފޯނެއް ކަމަށާއި، އެއީ އޭނާއަށް ވަރަށް މުހިންމު ފޯނެއް ކަމަށެވެ. އަދި ލޮކްޑައުންއާއެކު ސްކޫލުތައް ޑިޖިޓަލް ކުރުމުން ސްމާޓް ފޯނެއް ހޯދަން ބައްޕަ ވަރަށް މަސައްކަތް ކުރިކަމަށާއި ވަގަކަށް އެ އެހާ ފަސޭހައިން އަތު ނުލެވޭނެ ކަމަށް ވެސް ކުސުމް ބުންޏެވެ.

Ads by Allied Insurance
  1. ގާރލް 7

    ސާބަސް ކުސުމް…
    ތިއީ މައިންބަފައިންގެ އަގުހުރި މަސައްކަތް ބަލައިގަންނަ ކުރިމަގަށް ވިސްނާ ހެޔޮލަފާ ހިތްވަރުގަދަ ދަރިއެއް…

  2. ާަަވަލި

    ވަރަށްް މޮޅުު ކުސުމްް ވަގުންް މީހާރުު ވަރަށްް ގިނާވެެއްޖެެ