ޚަބަރު ރައްޔިތުންގެ މަޖިލިސް

ބާވައިލެއްވި ދީނެއްގެ ބައެއް ކަމަށް ވިދާޅުވެ, އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލާ ގާސިމް ދެކޮޅު

އައިކާ ޔުނާން ، ދެން އޮންލައިން
މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް

އިޒްރޭލު ޕާސްޕޯޓް މަނާކުރާނަމަ "ބާވައިލެއްވި ދީނެއް" ގައި އުޅޭ ޔަހޫދީންނަށް ވެސް އެތެރެވުން މަނާވާނެ ކަމަށް ވިދާޅުވެ, އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ ބިލަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް ދެކޮޅު ހައްދަވައިފި އެވެ.

Ads by Hajj Corporation

އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިދިކޮޅުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ ދިވެހިން އުމްރާ އަށް ދާ ތިން ހަރަމުގެ ތެރެއިން އެއް ހަރަމު ހުންނަ ބިމެއްގައި ދިރިއުޅޭ މީހުން މަނާކުރުމުގެ ކުރިން ވިސްނާލަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން މި ބިލު ފާސްކޮށްފިނަމަ ޔަހޫދީންނަށް އެތެރެ ނުވެވޭނެ ކަމަށާއި އެއީ ﷲ ބާވާލައްވާފައިވާ ދީނެއްގައި ރަސޫލުންނަށް އީމާން ވެފައި ތިބި ބަަޔަކު މި ގައުމަށް ވަނުމަށް ދެކޮޅު ހެދުން ގޮތުގައި ގާސިމް ސިފަ ކުރެެއްވި އެވެ.

"ﷲ ބާވާލައްވާފައިވާ ދީނެއްގައި ރަސޫލުންނަށް އީމާން ވެފައި ތިބި ބަަޔަކަށް ވާހިނދު އަޅުގަނޑުމެންނަށް އެފަދަ ކަމެއް ކުރުމުގެ ފުރުސަތާ މެދު ވަރަށް ފުންކޮށް، އަޅުގަނޑުމެން އެ ނަޒަރިއްޔާއިން ވިސްނައިލަން ޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ވެސް ނިންމާފައިވާއިރު ގާސިމް ވިދާޅުވީ އެ ކަމާމެދު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

ނަމަވެސް މި ބިލު ހުށަހަޅާއިގެން އިދިކޮޅުން މަސައްކަތް ކުރަނީ މި ސަރުކާރު ވައްޓާލުމުގެ ނިޔަތުގައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"އެއީ ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ރައްޔިތުންގެ ހިތުގައި ނަފްރަތުގައި އުފެއްދުމަށްޓަކައި އެކުލަވާފައިވާ މައްސަލައެއް" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މިއީ ޖަޒުބާތުގައި ނުޖެހި, ފުންކޮށް ވިސްނައި ދިރާސާކޮށްގެން ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި ޕީއެންސީއިން ހުށަހެޅި ގޮތަށް ބިލު 241 ކޮމިޓީއަށް ފޮނުވުމަށް އޭނާ ވަނީ ތާއީދުކުރައްވައިފަ އެވެ.

Ads by Allied Insurance
  1. ޤާސިމްވެސް ަސްބުނަންވާނީ ވ ވިސްނާފަ ދީނާއި ބެހޭގޮތުން މާގިނައެއްޗެއް ނޭނގޭ މީހުން އެވާހަކަ ނުދެއްކުން މާ ރަނގަޅު ނަމާދުކޮސް ރޯދަ ހިފާ ޙައްޖުކޮށް ޒަކާތް ދައްކާ އެކަމަކު ދީނީގޮތުން ބުނަންނުވާ އެތި ބުނެ ބިދުޢަ ގަބޫލުކޮށް ނުބައި ވާހަކަ ދުލުން ބުނެ ނުބައި ރޭވުންތަށް ރާވާ ހިންގާ މިއީ އެއްގޮތަކަށް ވެސް މުސްލިމުންގެ ސިފައެއް ނޫން