ޚަބަރު އިޖުތިމާޢީ

އީދު ދަތުރުތަކަށް މޯލްޑިވިއަންގެ ޓިކެޓު އަގުހެޔޮކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މޯލްޑިވިއަންގެ މަތިންދާބޯޓެއް

އަޟްހާ އީދު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންއިން ހާއްސަ ޕްރޮމޯޝަންއެއް ފަށައިފި އެވެ.

Ads by STELCO

ގައުމީ އެއާލައިން، މޯލްޑިވިއަންއިން ބުނީ އެތެރޭގެ ދަތުރުތަކުގެ ޓިކެޓުތައް މިމަހުގެ 24 އާއި ހަމައަށް ވިއްކާނީ ހެޔޮ އަގުގައި ކަމަށެވެ. މިގޮތަށް ނިންމީ އަތޮޅުތެރޭގެ ރަށްތަކުން މާލެއަށް ދަތުރު ކުރާ ފަރާތްތަކަށް ދަތުރު ލުއި ފަސޭހަކޮށްދިނުމުގެ ގޮތުންކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

މިމަހުގެ 13 އިން 16 އަށް މާލެ ދަތުރު ކުރާނަމަ ހެޔޮ އަގުގައި ޓިކެޓު ލިބޭނެ އެވެ. އަދި ޖޫން 17 އިން 24 އަށް އަނބުރާ ރަށަށް ދާނަމަ މި ޕްރޮމޯޝަންގެ ތެރެއިން ޓިކެޓު ލިބޭނެ އެވެ.

ފެއާގެ ދަށުން ޓިކެޓުގެ އަގުތައް؛

  • ކޫއްޑޫއިން މާލެއަށް: 1،111 ރުފިޔާ
  • މާފަރުން މާލެއަށް: 999 ރުފިޔާ
  • މަޑިވަރުން މާލެއަށް: 949 ރުފިޔާ
  • ކައްދޫއިން މާލެއަށް: 1،055 ރުފިޔާ
  • ހަނިމާދޫއިން މާލެއަށް: 1،111 ރުފިޔާ
  • ތިމަރަފުށިން މާލެއަށް: 1،111 ރުފިޔާ
  • ފުނަދޫއިން މާލެއަށް: 1،055 ރުފިޔާ
  • ފުވައްމުލަކުން މާލެއަށް: 1،155 ރުފިޔާ
  • މާވަރުލުން މާލެއަށް: 1،133 ރުފިޔާ
  • އިފުރުން މާލެއަށް: 999 ރުފިޔާ
  • ހޯރަފުށިން މާލެއަށް: 1،133 ރުފިޔާ
  • ގަމުން މާލެއަށް: 1،222 ރުފިޔާ
  • ކާޑެއްދޫއިން މާލެއަށް: 1،333 ރުފިޔާ
  • ފަރެސްމާތޮޑާއިން މާލެއަށް: 1،133 ރުފިޔާ
  • ދަރަވަންދޫއިން މާލެއަށް: 749 ރުފިޔާ

މި ޕްރޮމޯޝަންގެ ދަށުން މިހާރު ސީޓު ބުކް ކުރެވޭނެކަމަށް މޯލްޑިވިއަންއިން ބުނ އެވެ. އިތުރު މައުލޫމާތު ހޯދުމަށް އެ އެއާލައިންގެ ވެބް ސައިޓަށް ޒިޔާރާތް ކޮށްލެވޭނެ އެވެ.

Ads by HDC
  1. ޢައިސަތު

    ލަދެއްވެސް ގަންނަ ބައެއް ނޫން
    ގިނަ މީހުން ތިބީ 3 މަސް ކުރީއްސުރެ ޓިކެޓް ނަގައިގެންނޭވެސް މިޚަބަރުގައި އޮންނަންޖެހޭ

  2. އައިޟާ

    މީހުން ޓިކެޓް ނަގާ ނިންމީމަ ތިހެން ކިޔާ މިހާރު ޓިކެޓް ނުވެސް ލިބޭ މީހުން ލޮލުގަ އަދުން އަޅުވަން މޯލްޑިވިޔަން ވަރެއްނެތޭބުނެވޭނީ

  3. ފިފްޝާން

    ހެޔޮ ނުވާނެ، ހުރިހާ ޓިކެޓެއް ވިކި ހުސްވީމަދޯ ތި ޕުރޮމޯޝަނެއް އަޅުވާލީ، އޯކޭ ޕުރޮމޯޝަން އަޅުވައި، ރައްޔިތުން ގުނބޯ ހައްދަން މޮޅު އިނގޭ،
    ގައިމު ދުނިޔޭގެ އެހެން ގައުމުތަކުގަވެސް ޓިކެޓް ފެއާ ތަކާ ޕުރޮމޯޝަން އަޅުވާ، އެކަމު ރައޔިތުން ނަށް ފައިދާ ވާ ގޮތަށް އަޅުވަނީ، ތިހެން ނަމަކަށް ނޫން އަޅުވަނީ.
    މުޅިން މަކަރު ހަދައިގެން އޮޅުވާލަން ދޯ އުޅުނީ

  4. ސަލާމް

    ކޮނތާކުން ޓިކެޓް ލިބެނީ ހުރިހާ ފުލައިޓެއް ވަނީ މާލެ ކޫއްޑޫ ފުލްވެފައި
    ހުސްދޮގުހަދަނީ މުޅިންއޮޅުވާލަނީ