ދީން

މީސްތަކުންގެ ރުހުން ހޯދުމަކީ ނިމުމެއް ނެތް ކަމެއް ، އެކަން ކުރުން ހުއްޓާލާ :މުފްތީ މެންކު

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މީސްތަކުންގެ ރުހުން ހޯދަން މަސައްކަތް ކުރުމަކީ ނިމުމެއް ނެތް ކަމެއް ކަމަށާއި އެކަން ކުރުން ހުއްޓާލުމަށް ޒިމްބާބުވޭގެ މުފްތީ އިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މީސްމީޑިއާ މެދުވެރިކޮށް ކޮންމެ ދުވަހުމެ ދީނީ އެތައް ނަސޭހަތާއި އިރުޝާދުތަކެއް ދެއްވަމުން ގެންދަވާ މެންކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހުންގެ ރުހުން ހޯދަން މަސައްކަތް ކުރާ ވަރަކަށް އެކަމަށް އެދޭ މިންވަރު އިތުރުވާނެ ކަމަށެވެ. އެފަދަ މީހުންނަށް މީހުންގެ ރުހުން ނެތި ދިރިއުޅުމުގެ އެއްވެސް ކަމެއް ނުކުރެވޭ ޙާލަތާ ވެސް ބައްދަލު ކުރަން ޖެހޭނެ ކަމަށެވެ.

" މީހުންގެ ރުހުން ހޯދަން މަސައްކަތް ކުރުން ހުއްޓާލާ، ޙަޤީޤަތަކީ އެއީ ނިމުމެއް ނެތް ކަމެއް ، މީހުންގެ ރުހުން ހޯދަން ގިނައިން މަސައްކަތް ކުރާ ވަރަކަށް ގިނައިން އެކަމަށް ބޭނުން ވާނެ، (އެފަދަ މީހުންނަށް) މީހުންގެ ރުހުން ނެތި އެއްވެސް ކަމެއް ނުކުރެވޭ ޙާލަތާއި ބައްދަލު ކުރަން ޖެހިދާނެ ، ބޭނުންވާ ހަމައެކަނި ރުހުމަކީ ތިބާ ހެއްދެވި އިލާހު ، ﷲގެ ރުހުން" މެންކު ވިދާޅުވެފައި ވެއެވެ.

މީސްމީޑިއާގައި ވެސް ނުފޫޒުގަދަ މުފްތީ މެންކަކީ ދީނުގެ ދަޢުވަތު ފެތުރުމުގައި ވަރަށް ޙަރަކާތްތެރި ބޭކަލެކެވެ. މީސްމީޑިއާގައި މުސްލިމުންގެ އިތުރުން އެތައް މިލިއަން ޣައިރު މުސްލިމުންނެއް އެމަނިކުފާނު ފޮލޯ ކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!