ޚަބަރު

ބަނގުރާ ގެންގުޅުނު ދެ މީހެއްގެ ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓް، ފޮޓޯ: ދެން އިމޭޖަސް

ބަނގުރާ ގެންގުޅުނު ކުށުގަ ދެ މީހެއްގެ ޖަލު ހުުކުމް ޖޫރިމަނާއަށް ބަދަލުކޮށްފި އެވެ.

Ads by STELCO

އެ މައްސަލާގައި ޖޫރިމަނާ ކޮށްފައިވަނީ ދިވެހި ދެ ފިރިހެނަކަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމް ގައި ބުނީ، އޭގެ ތެރެއިން އެކެއްގެ އަތުން ބަނގުރާ ފެނިފައިވަނީ މެއި، 18 2013 ގައި އޭނާ ދުއްވި ސައިކަލުގެ މަޑިދަށުން ކަމަށެވެ. ދެވަނަ މީހާގެ އަތުން ބަނގުރާ ހޯދާފައިވަނީ އޭނާ  ދިރިއުޅޭ އެޕާޓްމެންޓު ފުލުހުން ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.

މި ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ، ހުއްދަ ހޯދައިގެން ކުރަން ޖެހޭ ކަމެއް، ހުއްދަ ނުހޯދާ ކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދެ މީހުންވެސް ވަނީ ކުށުގެ ދައުވާ އަށް އިއުތިރާފްވެފަ އެވެ.

ކުށަށް އިއުތިރާފްވުމުން ފުރަތަމަ މިހާގެ މައްޗަށް އިއްވީ ދެ އަހަރާއި 12 ދުވަހުގެ ހުކުމެކެވެ. ނަމަވެސް ޖަލު ހުކުމުގެ ބަދަލުގައި 14،200ރ ޖޫރިމަނާ ކޮށްފައިވެ އެވެ.

ދެވަނަ މީހާގެ މައްޗަށް އިއްވީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް 10،800ރ ގެ  ޖޫރިމަނާއަށް ބަދަލުކޮށް 20 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!