ދުނިޔެ

ދުނިޔެއިން ދެވަނައަށް އެންމެ ގިނަ މީހުން ކޮވިޑް ޖެހުނު ޤައުމަކަށް އިންޑިއާ، އިއްޔެ އެކަނިވެސް 90،000 މީހުންނަށް ބަލި ޖެހުނު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި ރެކޯޑު ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިއްޖެއެވެ.

Ads by WAMCO

މިއާއެކު ދުނިޔޭގައި ދެވަނައަށް ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 4.1 މިލިއަން މީހުންނަށް ބަލިޖެހި 70,802 މީހުން ވަނީ މަރުވެފައެވެ. އިންޑިޔާގެ ސަރުކާރުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 90،632 މީހުންނަށް ބަލިޖެހިފައިވާކަމަށާއި 1،065 މީހުން މަރުވެފައިވާ ކަމަށެވެ.

ޞިއްޙީ މާހިރުން ބުނީ އިންޑިޔާގެ ބައެއް ސަރަޙައްދުތަކުގައި ބަލީގެ ދެވަނަ ރާޅެއް ފެށިފައިވާ ކަމަށެވެ. އަދި ބަލި ޖެހިފައިވާ މީހުންގެ ޢަދަދު އިތުރުވެފައި ވަނީ ތަހުލީލުކުރުން އިތުރުކުރުމުގެ ސަބަބުންނާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދީފައިވާތީ ކަމަށެވެ.

ނިއު ދިއްލީގެ އޯލް އިންޑިޔާ އިންސްޓިޓިއުޓު އޮފް މެޑިކަލް ސައިންސަސްގެ ޑިރެކްޓަރު ރަންދީޕު ގުލޭރިއާ ބުނީ އިންޑީޔާގައި ބަލި ފެތުރުން މި އަހަރުގެ ތެރޭގައި ހުއްޓުމަކަށް ނާންނާނެ ކަމަށެވެ. ބަލި ފެތުރޭ މިންވަރު އަދިވެސް އިތުރުވެގެން ނޫނީ ދަށަށް ދާން ނުފަށާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!