ދުނިޔެ

"ވެކްސިން އަކަށް އިތުބާރެއް ނެތް"

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމެރިކާއިން އެޤައުމުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ނެރުމަށް ހަމަޖެހިފައިވާ ކޮރޯނާ ވައިރަސްގެ ވެކްސިންއަކީ ރައްކާތެރި އެއްޗެއް ކަމަށް ހަމައެކަނި ޑޮނާލްޑް ޓްރަމްޕްގެ ބަހަށް އިތުބާރު ކުރެވެން ނެތް ކަމަށް، އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރާ ކެންޑިޑޭޓް ޖޯ ބައިޑަންގެ ރަނިން މޭޓް އަންހެން ސެނެޓަރެއް ކަމަށްވާ ކަމަލާ ހަރިސް ވިދާޅު ވެއްޖެއެވެ.

Ads by Sosun Fihaara

ބީބީސީން ގެނެސްދިން ޕޮރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، އެކަމަނާގެ ހަށިކޮޅަށް އެވެކްސިން ޖަހަން ބޭނުން ނުވާ ކަމަށާއި ޓްރަންޕް އުޅެނީ ވެކްސިން ބޭނުންކޮށްގެން ސިޔާސީ މަންފާއެއް ޙާސިލް ކުރަން ކަމަށެވެ.

"ވަކި ޓައިމްލައިންއަކަށް ފެތިގެން ހެދޭ އެއްޗެއް ވެކްސިންއަކީ، އިންތިޚާބަށް އެއްދުވަސް ކުރިން ވެކްސިން ނެރުމަކީ އިއްތިފާޤެއް ކަމަށް ޤަބޫލެއް ނުކުރެވޭ. މިއީ އެމެރިކާ އަދި މުޅި ދުނިޔޭގެ އެންމެންގެވެސް ދިރިހުރުމާ ގުޅިފައިވާ ކަމެއް. ހަމައެކަނި ޓްރަމްޕްގެ ބަހަށް މިކަމުގައި އިތުބާރު ކުރެވޭކަށް ނެތް" ކަމަލާ ވިދާޅުވެފައިވެއެވެ.

ކަމަލާ އިތުރަށް ވިދާޅުވީ، ޓްރަމްޕްގެ ގެންދަވަނީ އިންތިޚާބާ ދިމާކޮށް، ޓްރަމްޕްގެ ފެއިލް ވެފައިވާ ސިޔާސަތުތައް ނުދެއްކުމަށްޓަކައި ކުރެވެން އޮތް ކަމެއް ކުރަމުންނެވެ. އަދި ޓްރަމްޕްގެ ސަރުކާރުން ކޮރޮނާ ވައިރަސް ކޮންޓްރޯލް ނުވެ، ވަރަށް ބޮޑަށް ފެތުރުމަށް ޖާގަ ދީފައިވާ ކަމަށާއި ޓްރަމްޕްގެ ސަރުކާރު އެއްކޮށް ފެއިލް ވެފައިވާ ކަމަށްވެސް ކަމަލާ ވިދާޅުވިއެެވެ.

އެމެރިކާގެ ޕަބްލިކް ހެލްތް އެކްސްޕާޓުން ވެސް ކުއްލިއަކަށް މި ވެކްސިން ނެރުމަށް ތައްޔާރުވެފައިވާތީ، އެކަމާމެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިހާތަނަށް އެމެރިކާގައި 6 މިލިޔަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް19 ޖެހިފައިވާއިރު، 192,956 މީހުން މިބަލީގައި ވަނީ މަރުވެފައެވެ. އެމެރިކާއަކީ ދުނިޔޭގެ ނިސްބަތުން ވެސް އެއްޤައުމަކުން އެންމެ ގިނަ ކޭސް ފެނުނު ޤައުމުކަން ފާހަގަކޮށްލެވެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!