އަނެކާއަށް ފެނުމުގެ ކުރިން މެސެޖު ތި ޑިލީޓް ކުރަނީ ނުފެންނާނެ ކަމަށް؟ ތިއީ މިހާރު ނުވާނެ ކަމެއް!
ދުލުން ބަހެއް ބޭރު ކޮށްލުމަށްފަހު ތިމާއަކީ އެބަހުގެ އަޅެކޭ ބުނާ ސަބަބަކީ އެ ބަސް ނުބުނާ ބަހަކަށް ނުހެދޭނެތީއެވެ. އެ ބަސް ދިފާއުކުރަން އެބަހުގެ ފަހަތުން ދުވަން ޖެހޭތީއެވެ. ނަމަވެސް މޯބައިލް ފޯންތަކުގެ އެޕްލިކޭޝަންތަކުން ފޮނުވާ މެސެޖުތައް ، ދުލުން ބުނާ ބަސްތަކާއި ތަފާތެވެ. މި ބުނެވުނީ ބުނަން ރަނގަޅު ވާހަކައެއް ނޫންކަމަށް ވިސްނި ނުވަތަ އެ ވާހަކަ ބުނާނީ އަދި ފަހުން ކަމަށް ނިންމާ މެސެޖު ލިބެންވާ މީހާ މެސެޖު ބެލުމުގެ ކުރިން ޑިލީޓްކޮށްލުމަކީ ކުރެވިދާނެ ކަމެކެވެ. އާންމުކޮށް ކުރާ ކަމެއް ވެސް މެއެވެ. އޭރުން އެ ބަސް އެއީ "ނުބުނާ އެއްޗަކަށް" ވީއެވެ.
ނަމަވެސް މިއަދަށް ބަލާނަމަ މި ބަޔާން ކުރީ ޙަޤީޤަތެއް ނޫނެވެ. ފޯނުގެ އެޕްލިކޭޝަނަކުން ފޮނުވާފައި ޑިލީޓް ކުރި ނަމަވެސް އެ މެސެޖެއް ނުފެންނާނެ ގޮތެއް ނެތެވެ. އެންޑްރޮއިޑަށް ޚާއްޞަ އެޕްލިކޭޝަނެއް މެދުވެރިކޮށް ޑިލީޓްކޮށްފައިވާ މެސެޖުތައް ބަލާލުމަކީ މިއަދު ވަރަށް ފަސޭހަ ކަމެކެވެ. މެސެންޖާ، ޓެލެގްރާމް،ވައިބާ އަދި ވަޓްސްއެޕް ނަމަވެސް މެއެވެ.
ލަސްނުކޮށް އަވަހަށް "notisave" އެޕްލިކޭޝަން އިންސްޓޯލް ކޮށްލާށެވެ. ދުނިޔޭގެ 10 މިލިއަން މީހުން ބޭނުންކުރާ މި އެޕްލިކޭޝަން ޓެސްޓް ކޮށްލާށެވެ.
މީގެ އިތުރުން ފައްކާ އެހެން ކަމެއް ވެސް މި އެޕްލިކޭޝަންގައި އެބައޮތެވެ. މެސެޖު ބެލިކަން ނުވަތަ "ސީން" ކުރިކަން އަންގަން ބޭނުން ނޫންނަމަ މެސެޖު ލިބުނު އެޕްލިކޭޝަންގެ ބަދަލު ނޮޓިސޭވްގެ ނޮޓިފިކޭޝަން ބަލާލާށެވެ. މެސެޖު "ސީން" ކުރިކަން އަނެކާއަކަށް ނޭނގޭނެއެވެ.
އެކަމަކު ބުނަން ހެއްޔެވެ؟ ވައިބާ ނުވަތަ ވަޓްސްއެޕް އިން ދައްކާފައިހުރި އެހެން މީހަކަށް ފެންނަށް ބޭނުން ނުވާ ވާހަކަތަކެއް ޑިލީޓް ކޮށްލި ނަމަވެސް ނޮޓިސޭވް އިން ފެންނާނެއެވެ. މިކަމާ ވިސްނާލައްޗެވެ.
މިއެޕުލިކޭސަން ގެ ކޮމެންޓް ތައް ކިޔާލާ އެޕް އެޅުމުގެ ކުރިން