ކޮވިޑް-19: ދެމީހުން ފިޔަވައި އައްޑޫ ސިޓީއިން ފައްސިވި އެންމެން ރަނގަޅުވެއްޖެ
އައްޑޫ ސިޓީ އިން ކޮވިޑް19 އަށް ފައްސިވި މީހުންގެ ތެރެއިން 2 މީހުން ފިޔަވާ އެންމެން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ހާމަކުރިގޮތުގައި އައްޑޫ ސިޓީ އިން ކޮވިޑަށް ފައްސިވި 6 މީހުންގެ ތެރެއިން ދެ މީހުން ފިޔަވާ އެންމެން ރަނގަޅުވެފައިވާ ކަމަށެވެ.
އަދި މިހާރު ބަލިން ރަނގަޅު ނުވާ ދެ މީހުންނަކީ ގަމުން ފައްސިވި ދެމީހުން ކަމަށާއި އެ ދެ މީހުން އައިސޮލޭޝަން މުއްދަތު ހަމަ ކުރަމުން ކަމަށް ވެސް އެޗްއީއޯސީ އިން ބުނެފައިވެއެވެ.
އައްޑޫ ސިޓީ އިން ހޯމް ކަރަންޓީނުގައި ތިބި ޖުމްލަ 8 މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ.
Ads by Allied Insurance