ގާނޫނު މުގުރާކަށް މި ސަރުކާރުން ފުރުސަތެއް ނުދޭނެ: ނައިބު
ގާނޫނު މުގުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރަން ށ. މާއުނގޫދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒުގެ ގައުމީ އެޖެންޑާގެ އެންމެ ބޮޑު އެއް އަމާޒަކީ ޑްރަގުގެ ވަބާ އިން ގައުމު ސަލާމަތް ކުރުމާއި ގާނޫނު މުގުރަަން އެއްވެސް ފުރުސަތެއް ނުދިނުން ކަމަށެވެ.
ރާއްޖޭގައި އަމާންކަމާއި މަސަލަސްކަން ޔަގީންކޮށްދިނުމާއި ރާއްޖެ އަށް އާމްދަނީ ލިބޭނެ އިތުރު ގިނަ ސިނާއަތްތައް ތައާރަފް ކުރުމަކީ ވެސް ރައީސްގެ ގައުމީ އެޖެންޑާގައި ހިމެނޭ ކަމެއްކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
"އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތުން ދިރިއުޅޭ ގައުމަކަށް ހައްދަވާ މި ގައުމު ބިނާކުރެއްވުން. ރައީސް ސާބިތުކޮށްދެއްވަމުން އެ ގެންދަވަނީ އެމަނިކުފާނު އަބަދުވެސް ދަމަހައްޓާނީ ދިވެހިންނަށް އެންމެ އިސްކަން ދެއްވާ ޕްރޯ މޯލްޑިވްސް ސިޔާސަތުކަން،" ނައިބު ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ކުރިއެރުމަށް އެހީވާ ހުރިހާ ގައުމަކާ އެކީ ގުޅުން ބަދަހިކުރުން އެއީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތް ކަމަށާއި ރާއްޖެ ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން ނަގައި ސަލާމަތުގެ އައްސޭރިއަށް ގެނެސްދިނުމަށް ރެޔާއި ދުވާލު ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ހިތްޕުޅުގައި ގައުމާއި ރައްޔިތުންނާއި މެދު އޮތް ގަދަފަދަ ލޯތްބަށް ހެކިވެވަޑައިގަންނަވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހު ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރަނީ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
މަނިކުފާނުތިޔަހެންވިދާޅުވާއިރު ޤުދުރަތީޤާނޫނު ހަނދާންނުވަނީތަ
އިތުރު ޖޯކެއް ނެތްތަ ؟
މިފަހަރުޤާނޫނުމުގުރައެއްނޫންލާނީފުޑާލާނީ